ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 17:30
ރައީސް އަބްދުﷲ ޔާމީނާއި، އިންޑިއާގެ ބޮޑު ވަޒީރު - ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި
ރައީސް އަބްދުﷲ ޔާމީނާއި، އިންޑިއާގެ ބޮޑު ވަޒީރު - ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި
ދަ ނޭޝަން
ރާއްޖެ - އިންޑިއާ
ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާސިމް އިންޑިއާއަށް
މިނިސްޓަރު އާސިމް ވަޑައިގަންނަވަނީ މިމަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހަށް
މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވާނެ
އޭގެއިތުރުން އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވޭ

އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ގޯސްވެފައިވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެ ޤައުމަށް ވަޑައިގަންނަވާގޮތަށް ހަމަޖައްސައިފި އެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާސިމް މި މަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހަށް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި، އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ދެ ޤައުމުގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ގުޅުން ބަދަހި ކުރުމަށް ރައީސް ޔާމީން ވަޑައިނުގަންނަވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ގޯސްވެފައިވަނީ، ސަރަހައްދުގެ މަސްލަހަތުތައް އެއްފަރާތްކުރުމަށް ފަހު ރާއްޖެއިން ޗައިނާއާއެކު ގާތް ގުޅުންތަކެއް ބާއްވަން ފެށުމުންނެވެ. އަދި އިންޑިއާ ކަނޑުގައި ހިމެނޭ ދިވެހިރާއްޖޭގެ ކަނޑުގެ ސަރައްހަދު ބެލެހެއްޓުމަށް ޗައިނާއާއި އެކު އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެންނެވެ. ދިވެހިރާއްޖެއިން ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރރީގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށް އިންޑިއާ ރުޅިއަރުވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް