ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 11:37
ގދ. ހޯނޑެއްދޫ
ގދ. ހޯނޑެއްދޫ
ގޫގްލް މެޕްސް
ހޯނޑެއްދޫ
ހޯނޑެއްދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ވަނީ ވަގަށް ނަގާފައި

ގދ. ހޯނޑެއްދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތުހްމަތުގައި ހޯމަ ދުވަހުގެ ރޭ މީހަކު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. 

ހޯނޑެއްދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލަ ހުށަހެޅީ ހޮނިހިރު ދުވަހުއެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ހޮނިހިރު ދުވަހު ހަވީރު އެ ރަށުގެ ވަލުތެރެއިން ތިޖޫރި ފެނުނުއިރު އޮތީ ތިޖޫރި ހަލާކުކޮށްލައިގެން އޭގައި ހުރި ހުރިހާ ފައިސާއެއް ނަގައިފައެވެ.

އެ ތިޖޫރީގައި 43،000 އެއްހާ ރުފިޔާ ހުންނާނެ ކަމަށް އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް