ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 04:56
ފުލުހުން ހޯދަމުންދާ މީހާ
ފުލުހުން ހޯދަމުންދާ މީހާ
ޕޮލިސް
ވައްކަންކުރުން
ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
ފުލުހުން ހޯދަން ބޭނުންވާ މީހާ ފެންނަ ވީޑިއޯއެއް ވަނީ ރިލީޒް ކޮށްފަ

ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް، އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖަކާއި އެކު ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަ މީހާ އަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

އެހެންކަމުން ފުލުހުން އެދިފައިވަނީ ވީޑިއޯއިން ފެންނަ މީހާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށެވެ.

މި މީހާ އާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ވީޑިއޯއިން ފެންނަ ގޮތުން ލަފާކުރެވޭ ގޮތުގައި އެއީ ބިދޭސީ އެކެވެ. ސޯޓަކާއި ޓީޝަރޓެއް ލައިގެން ހުއްޓާ ވީޑިއޯއިން ފެންނަ މި މީހާ ފޯނުން މީހަކަށް ގުޅައިގެން ހުންނަ މަންޒަރު ފުލުހުން އާންމޮކޮށްފައިވާ ވީޑިއޯއިން ފެނެއެވެ.

ވައްކަމާއި އަދި އެހެނިހެން ބައެއް ބޮޑެތި ކުށްތަކާއި ގުޅިގެން މީގެ ކުރިންވެސް އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް