ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 10:06
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ނިހާން
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ނިހާން
ރާއްޖެއެމްވީ
މެމްބަރު ނިހާން
އެމްޑީޕީ އުޅެނީ އެވޭލާ ޒަމާނުގަ، އަންނި ނޫން ކެނޑިޑޭޓަކު ނުލިބޭނެ: ނިހާން
ދަން ގަޑީގައި ނިހާން މިފަދައިން ވިދާޅުވީ ދެދުވަސް ކުރީގެ ޓްވީޓަކަށް ރައްދު ދެއްވައި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ނޫން ބޭފުޅަކު ނުވާނެ ކަމަށާއި، އެ ޕާޓީ އުޅެނީ އެވޭލާ ޒަމާނުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ނިހާން މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވައެވެ.

އެމްޑީޕީއިން ބޭނުންވަނީ ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ކަމަށް ނިޒާރު ވިދާޅުވި ބަސްފުޅަށް ރައްދުދެއްވައި ނިހާން ވިދާޅުވެފައިވަނީ "އެމްޑީޕީއަކަށް އަންނި ނޫން މީހަކު ނުވާނެ" ކަމަށާއި، ނިހާން އަބަދުވެސް އެގޮތަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށްފަހު، އެބޭފުޅުން ރައީސް ޢަބްދުﷲ ޔާމީންވެސް ހޮވާފައިވާ ކަމަށް ވިދާޅުވެ، ނިހާން ވަނީ އެމްޑީޕީ އަދިވެސް އުޅެނީ އެވޭލާ ޒަމާނުގައި ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ރިޔާސީ ރޭހަށް ނެރޭނެ ދެވަނަ ކެނޑިޑޭޓެއް ނެތް ކަމަށް ވިދާޅުވެ ނިހާން އެމްޑީޕީއަށް ފާޑު ވިދާޅުވިއިރު، ނަފްސު ކަތިލިޔަސް، ޕީޕީއެމްގެ ފުރަތަމަ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބަލިވިޔަ ނުދޭނެކަމަށް ވިދާޅުވެ ނިހާން ވަނީ ވާހަކަފުޅު ދައްކަވާފާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް