ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 23:15
މީދުގައި  ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިފައި
މީދުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިފައި
ފޭސްބުކް
ނުރައްކާތެރި އެކްސިޑެންޓް
ކާރެއް ކޮންޓްރޯލް ނުވެ ގޮސް ތިން މީހުންނާއި އެކު މޫދަށް ވެއްޓިއްޖެ
ތިން މީހުންނަން އެއްވެސް އަނިޔާއެއް ލިބިފައެއް ނުވޭ
ފުލުހުން ދަނީ މިކަން ތަހުގީގު ކުރަމުން
ވިލުތެރެއަށް ވެއްޓުނީ އެރަށުގައި ދުއްވާ ސްޕޯޓްސް ކާރެއް

ދ. މީދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ, ގޮސް މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން މީދޫ ދެކުނު ފަރާތު ޖެޓީ މަތިން މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުގެ ޑްރައިވަރުގެ އިތުރުން ދެ މީހުން ކާރުގައި ތިބި ކަމާއި، އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރުގެ ބުރަކި ގޮސްގެން ކަމަށް ފުލުހުން ބުންޏެއެވެ.

ކޮންޓްރޯލް ނުވެގެން ކާރު ވެއްޓުނު ސަރަހައްދަކީ ވަރަށް ފުން ސަރަހައްދެއް ކަމަށާއި، އެހެން ނަމަވެސް އެންމެ ފުރަތަމަ ކާރު ގޮސް ޖެހުނީ ތިލަ ސަރަހައްދެއް ކަމަށް ވެއެވެ. އަދި ކާރު ވިލުތެރެއަށް ވެއްޓުމުގެ ކުރިން ތިން މީހުން ވެސް ކާރުގެ ތެރެއިން ނިކުމެފައިވާކަމަށް ވެއެވެ.

ފުލުހުން ބުނީ ކާރު ވިލުތެރެއިން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމަންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫދަށް ވެއްޓުނު އެ ކާރަކީ އަމިއްލަ މީހަކު އެރަށުގައި ދުއްވާ ސްޕޯޓްސް ކާރަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް