ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 01:09
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް (ކ) އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާން (ވ)
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް (ކ) އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާން (ވ)
ރާއްޖެ އެމްވީ
ނިހާން އާއި ރިޔާޒް
ޓްވިޓަރގައި އަބްދުﷲ ރިޔާޒާއި ނިހާންގެ ފޯރިގަދަ ޒުވާބެއް!
ދެބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވި
2013ގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ރިޔާޒާއި ދެކެވުނު ވާހަކަތަކުގެ ޗެޓްލޮގް އޮތްކަމަށް ނިހާން ވިދާޅުވި
މި ޒުވާބު ފެށުނީ "ރައީސް ޔާމީނަށް ތާޢީދުކުރެެވެން ނެތް"ކަމަށް ރިޔާޒް ވިދާޅުވުމުން

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓަރގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވައިފިއެވެ.

މިކަން ފެށިފައިވަނީ "ކިތަންމެ ދައުވާއެއް އުފުލި ނަމަވެސް ރައީސް ޔާމީނަށް ތާޢީދުކުރެެވެން ނެތް"ކަަމަށް ވިދާޅުވެ ރިޔާޒް ޓްވީޓް ކުރެވުމުންނެވެ. ރިޔާޒް މިޓްވީޓް ކުރެއްވީ ފުލުހުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ލިޔުންތައް ހަވާލުކުރުމަށް ރިޔާޒް ކްރިމިނަލް ކޯޓަށް ހާޒިރުުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ފޮޓޯއަކާއިއެކުއެވެ. ރިޔާޒް އިތުރަށް ވިދާޅުވީ "ރައީސް ޔާމީންގެ ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި، ކޮރަޕްޝަން އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެ"ކަމަށެވެ. 

އެއަށް ރައްދު ދެއްވައި ނިހާން ޓްވީޓްކުރެއްވީ "އަބްދުﷲ ރިޔާޒަކީ އެއް އިރެއްގައިވެސް ރައީސް ޔާމީނަށް ތާޢީދުކުރި މީހެއް ނޫން" ކަމަށެވެ. 

އެއަށް ރައްދު ދެއްވައި ރިޔާޒް ކުރެއްވި ސުވާލަކީ، "އަހުމަދު ނިހާން ކިހާ ވަރަކަށް ރައީސް ޔާމީނަށް ތާޢިދުކުރައްވާތީ ތޯ އަޅުގަނޑުގެ ކައިރީ ވިދާޅުވީ ވެރިކަން ބަދަލުވާއިރަށް މަނިކުފާނުފާނުވެސް ކޮޅު ބަދަލުކުރައްވާނެކަމަށް؟".

  

ރިޔާޒްގެ ސުވާލަށް ނިހާން ވަނީ 3 ޓްވީޓް ކުރައްވާފައެވެ. 

ފުރަތަމަ ވިދާޅުވީ "ރިޔާޒް ތިއުޅެނީ ރެޑްލީފް ގަލަމުގެ ހުސްދޯރި ޖީބަށް ޖެހި ޒަމާނުގަ ދޯ" އެވެ.

އަދި އެއަށް ފަހު 2013ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ 9:23ގައި ރިޔާޒާއި ނިހާން އާއި ދެމެދު ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ދެކެވުނު ވާހަކަތައް ރިޔާޒް ހަނދާން ނެތިއްޔާ، އޭގެ ސްކްރީންޝޮޓްތައް ހުންނާނެކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެ ފޮނުވަންވީތޯ ސުވާލު ކުރެއްވިއެވެ. އަދި "ރައީސް ޔާމީން ވެރިކަމަށް ގެންނަން ޕީޕީއެމް ޓިކެޓް ހޯދައިދިނުމުގެ މަސައްކަތް 2012ވަނަ އަހަރުގެ ޑިސެމްބަރުގައި ފެށި ފަހުން އަދި މިހިރީ ރައީސް ޔާމީންއާއިއެކި" ކަމަށް ނިހާން ވިދާޅުވިއެވެ. އަދި 2014ވަނަ އަހަރުން ފެށިގެން ހުންނަވަނީ ޕީޕީއެމްގެ އެންމެ އިސް ހަތަރު މީހުންގެ ތެރޭގައިކަމަށް ވިދާޅުވެ، ހިތްދަތިވީތޯ ނިހާން ސުވާލުކުރެއްވިއެވެ. 

 

ހިތްދިތިވީތޯ ސުވާލުކުރައްވާ ނިހާން ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ރިޔާޒް ވިދާޅުވީ "އަހުމަދު ނިހާން ތިޔަ މަޤާމުގައި ބަހައްޓާފައި ތިހުރީ މަނިކުފާނަށް ރައީސް ޔާމީން އިތުބާރު ކުރައްވާތީތޯ؟ މަނިކުފާނާއި ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ކީކޭތޯ ފުނަމާ ލަތީފް (ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް) ކައިރިން އައްސަވާބައްލަވާ! ހެޔޮ ދުޢާ ސަލާމް"އެވެ. 

 

ރިޔާޒްގެ އެ ޓްވީޓަށްވެސް ނިހާން ރައްދު ދެއްވިއެވެ. ނިހާން ވިދާޅުވީ، "އެކަމާއި އަބްދުﷲ ރިޔާޒް ކަންބޮޑުވާކަށް ނުޖެހޭ ދޯ! މަށަށް ރައީސް ޔާމީން އިތުބާރު ކުރިޔަސް ނުކުރިޔަސް އަބްދުﷲ ރިޔާޒާއި ފުނަމާ ލަތީފަށް ކީއް"ތޯއެވެ. އަދި "ހަމަގައިމުވެސް އަބްދުﷲ ރިޔާޒަށް މިދައުރަކު މިމަޤާމެއް ނުލިބޭނެ" ކަމަށެވެ. އަދި "ފޭސްބުކް ޗެޓްލޮގް ހަނދާން އެބަހުރި"ތޯ ނިހާން އަނެއްކާވެސް ސުވާލުކުރެއްވިއެވެ.

 

ދެވަނަ ފަހަރަށް ޗެޓް ލޮގްތަކުގެ ވާހަކަ ނިހާން ދެއްކެވުމުން ރިޔާޒް ވިދާޅުވީ "ތިޔަ ވިދާޅުވާ ޗެޓްލޮގް އަވަހަށް ހާމަކޮށްލައްވާ"ށެވެ. އަދި ފުލުހުންގެ އަތުގައިވެސް ރިޔާޒްގެ ހުރިހާ ޗެޓްލޮގެއް ހުންނާނެ ނޫންތޯ ރިޔާޒް ސުވާލުކުރެއްވިއެވެ. މީގެ އިތުރުން "ތިޔަފަދަ މަޤާމެއްގައި ހުންނަވައިގެން އަހުމަދު ނިހާން ކުރައްވަން ޖެހުނު ކަންކަން ނުކޮށް އަޅުގަނޑު ސަލާމަތްވިކަމަށްޓަކައި" ﷲގެ ރަޙުމަތް ކިތަންމެހާވެސް ބޮޑުކަމަށް ރިޔާޒް ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
9 ޖެނުއަރީ 2018 | އަންގާރަ 00:48
ބީވާ
ދެބޭފުޅުންނަކީވެސް ދެ ބޤ ... ސިޓީ އުފުއްލި ދުވަސް މަތިން ހަނދާންކޮށްލާ!