ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 17:13
ދިވެހި މޮޑެލް ރައުދާ އާތިފް
ދިވެހި މޮޑެލް ރައުދާ އާތިފް
އިންސްޓަގްރާމް
ރައުދާ އާތިފް
ރައުދާގެ މަރުގެ ތަހުގީގް އަނެއްކާވެސް ފަށައިފި
ތަހުގީގް ކުރަން ފަށާފައި ވަނީ ކޯޓުއަމުރެއްގެ ދަށުން
މިއީ ރައުދާގެ މަރުގެ ތަހުގީގް ފެށި ފަސްވަނަ ފަހަރު
ދަންޖެހިފައި ހުއްޓާ ފެނުނީ ހޮސްޓެލްގެ ކޮޓަރިން

ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ތަހުގީގެއް އަނެންކާ ވެސް ފަށައިފިއެވެ.

"ދަ ޑެއިލީ ސްޓާ" ނޫހުގައި ބުނެފައި ވަނީ ރައުދާގެ މަރު އަލުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ބަންގްލަދޭޝްގެ ޕޮލިސް ބިއުއޯ އޮފް އިންވެސްޓިގޭޝަން (ޕީބީއައި)ގެ އިންސްޕެކްޓަރް އަލަމްގީރް ހުސައިންއާ ހަވާލާދީ "ދަ ޑެއިލީ ސްޓާ" ގައި ބުނެފައި ވަނީ ރައުދާގެ މަރުގެ ތަހުގީގު ކުރަން ފެށީ ކޯޓު އަމުރުކަށް ކަމަށެވެ. މިއީ އެކި ސަބަބުތަކާއި ހުރެ ރައުދާގެ މަރުގެ ތަހުގީގް ފެށި ފަސްވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ބަންގްލަދޭޝްގެ ރާޖްޝާޙީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި މެޑިސިން ކިޔަވަމުން ދިޔަ، އުމުރުން 21 އަހަރުގެ ރައުދާ އާތިފް ދަންޖެހުނު ޚަބަރު އެންމެ ފުރަތަމަ އާންމުވީ މާޗް މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތުގައި ބަންގްލަދޭޝްގެ މީޑިއާ އިންނެވެ. ރައުދާ "ދަންޖެހިފައި" ހުއްޓާ ފެނިފައިވަނީ، އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ތަޢުލީމް ހާސިލްކުރާ އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ޙާއްސަ އަންހެން ކުދިންގެ ހޮސްޓެލްގައި ރައުދާ ދިރިއުޅުނު 209 ނަމްބަރު ކޮޓަރިންނެވެ. ރައުދާގެ ކުއްލި މަރުގެ ޚަބަރާއެކު، މުޅި ރާއްޖެ ސިހިގެން ދިޔަ އެވެ. މީޑީއާގައި ރައުދާ އަމިއްލަ އަށް މަރުވި ކަމަށް ރިޕޯޓް ކުރި ނަމަވެސް، އެޚަބަރާއި މެދު ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

ރައުދާ "ދަންޖެހިފައި" ހުއްޓާ ފެނިފައިވަނީ، އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝް ސަރުކާރުން ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ބަންގްލަދޭޝް ފުލުހުން ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނުމުން ، އެކަން ގަބޫލުނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އެދުނީ އެނާގެ ބައްޕަ މުހައްމަދު އާތިފެއެވެ. ރައުދާގެ ބައްޕަގެ އެދުމަށް ކޯޓް އަމުރެއްގެ ދަށުން ރައުދާގެ މަރުގެ ތަހުގީގް އަލުން ފަށާ ވަޅުލިތާ 27 ދުވަސް ފަހުން ރައުދާ ހަށިގަނޑު ނެގިއެވެ. އެ ފަހަރު ރައުދާގެ މަރާ މެދު ސިއައިޑީން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓަށް ވެސް އާތިފު ވަނީ ދެކޮޅު ހަދާފަ އެވެ. އެހެން ނަމަވެސް ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އައީ އަމިއްލައަށް މަރުވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް