ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 21:29
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަސަން ފާއިޒް
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަސަން ފާއިޒް
ޙުސައިން ޙަސަން
ރޭޕްގެ މައްސަލަ
ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރު މީހެއް
އޭނާ ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫއިން
އެމީހަކީ ކާކުކަމެއް އަދި ހައްޔަރު ކުރީ ކޮންތާކުން ކަމެއް ފުލުހުން ހާމައެއް ނުކުރޭ

މާލޭގައި އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ބުދަ ދުވަހު ޕޮލިހަށް ހުށަހެޅި، ރޭޕް ކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އުމުރުން 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫއިންނެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސްޖަހާފައިވާކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމީހަކީ ކާކުކަމެއް އަދި ހައްޔަރު ކުރީ ކޮންތާކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެނގިފައިވާގޮތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ ކުރެހުމުގެ މަސައްކަތް ކުރަމުން އަންނަ ހަސަން ފާއިޒް އެވެ.

އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ އާޓް މަސައްކަތް ކުރާ ސްޓޫޑިއޯއަކަށް ޕްރޮޖެކްޓެއް ހަދަން ދިއުމުން ކަމަށާއި އެ ކުއްޖާ ރޭޕްކުރުމަށް ފަހު، އެ ވާހަކަ ނުދެއްކުމަށް ފައިސާ ހުށަހެޅި ކަމަށް އެއަންހެން ކުއްޖާ ވަނީ ބުނެފައެވެ. އެ ކުއްޖާ ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި، ވަރަށް ތަފްސީލުކޮށް ބަޔާން ދީފައެވެ. އަދި ފުލުހުން ވަނީ އެ ކުއްޖާގެ ހަށިގަނޑުން ފޮރެންސިކް ތަހުލީލުތަކަށް ސާމްޕަލްވެސް ނަގައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
8 ޖެނުއަރީ 2018 | ހޯމަ 11:24
ޓަކުރުފާނުގެ އާމިނައިބީ
މީނާއަކީ ދުވަހަކުވެސް ތިފަދަ އަމަލެއް ހިންގި ކުއްޖެއްނޫން، ދޫކޮށްލައްވާ
7 ޖެނުއަރީ 2018 | އާދީއްތަ 23:47
އިބޫ
ގޮޅިއައްލާ