ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 20:58
އާދީއްތަ ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއިން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައި
އާދީއްތަ ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއިން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައި
ޓްވިޓަރ / @nautymatox
ކަރަންޓް ކެނޑުމުގެ މައްސަލަ
އައްޑު ސިޓީ ހިތަދޫއިން ކަރަންޓު ކަނޑާލައިފި
ކަރަންޓު ކަނޑާލީ ޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވެގެން
މި އަހަރު ފެށުނީއްސުރެ އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ދަނީ ކަރަންޓު ކަނޑަމުން

އައްޑޫ ސިޓީގެ ހިތަދޫގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް ކަނޑާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާ ހިމެނޭ ސަރަޙައްދުން ކަރަންޓު ކަނޑާލާފައިވަނީ، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވެގެން ލޯޑު ކުޑަ ކުރުމަށެވެ.

މި އަހަރު ފެށުނީއްސުރެ އައްޑޫ ސިޓީގެ ޖަނަރޭޓަރުތަކަށް ލޯޑު ކުޑަކުރުމަށް، ލޯޑު މަތިވާ ވަގުތު ތަކުގައި އައްޑޫގެ އެކި ހިސާބުތަކުން ދަނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑަމުންނެވެ. އައްޑޫ ސިޓީގެ ބައެއް ރައްޔިތުން މަޢުލޫމާތު ދިން ގޮތުގައި މިގޮތަށް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާއިރު، އާންމުކޮށް ޚިދުމަތް މެދުކަނޑާލަނީ ފަހަރަކު ސަރަޙައްދަކުން އެއް ގަޑިއިރުގެ ވަގުތަކަށެވެ.

އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް