ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 22:22
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވުމަށް ރައީސް ޔާމިން ދަރުބާރުގެއަށް ވަޑައިގަންނަވަނީ
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވުމަށް ރައީސް ޔާމިން ދަރުބާރުގެއަށް ވަޑައިގަންނަވަނީ
ގޫގުލް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ ފަހެއް ގައި
މިއަހަރުގެ ފުރަތަމަ ޖަލްސާ އޮންނާނެ ކަން މެމްބަރުންނަށް ވަނީ އަންގާފައި
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާނެއް ކޮންމެ އަހަރަކު ހުށައަޅުއްވަން ޖެހޭ
މި ޖަލްސާ އޮންނާނީ ފަސް ވަނަ ދުވަހުގެ 10.00 ގައި

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އޮންނާނެ ކަން ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް އަންގައިފި އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ގައުމުގެ ހާލަތު ބަޔާން ކޮށްދެއްވައި، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލް ޖުމްހޫރިއްޔާ އިއްވަވަންޖެހެއެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ފަހެއްވާ ހޯމަ ދުވަހުގެ 10.00 ގަ އެވެ.

ރައީސް ޔާމިންގެ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިދިޔަ އަހަރު ބޭއްވި ދަރުބާރުގޭގަ އެވެ. މި އަހަރު އޮންނާނީ ކޮންތާކުކަމެއް މެމްބަރުންނަށް އަންގަވާފައެއް އަދިނުވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާ ދައުރަކަށް ފެށޭއިރު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަަރުކާރާ ދެކޮޅު ގިނަ މެމްބަރުންތަކެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާތަކެއްް އުފުލާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް