ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 21:02
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުން ބައެއްގައި ތާރުއަޅާ ނިންމާލައިފި
ދެ ވަނަ ފިޔަވަހީގައި ހަދާ 14.2 ކިލޯ މީޓަރުގެ މަގުގައި ވަނީ ތާރުއަޅާފަ
މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި
މަގުތަކުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށްވެސް އެޗްޑީސީން ލަފާކުރޭ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ މަގުތަކުގެ ތެރެއިން ބައެއްގައި ތާރުއަޅާ ނިންމާލައިފި އެވެ. ދެ ވަނަ ފިޔަވަހީގައި ހަދާ 14.2 ކިލޯ މީޓަރުގެ މަގުގައި ވަނީ ތާރުއަޅާފަ އެވެ.

 

އެޗްޑީސީން ބުނާގޮތުގައި މަގުތަކުގައި ތާޅުއެޅުމަށް ފަހު މިހާރު ކުރިއަށް ދަނީ ޒޯން ދޭއްގެ މަގުތަކުގައި ތާރު އެޅުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކެވެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

 

އެޗްޑީސީން ހާމަކުރާގޮތުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާއިރު، މަގު ބައްތިތައް ހަރުކޮށް، ނަރުދަމާގެ ނިޒާމް ޤާއިމްކޮށް، ކަރަންޓް ކޭބަލާއި، ޓެލެފޯން ކޭބަލް ބޮކްސްތައް ވެސް ބަހައްޓާނެއެވެ. އަދި މަގުތަކުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް ވެސް އެޗްޑީސީން ލަފާކުރެއެވެ.

 

 

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ ތަނުގައި 15،000 ފްލެޓް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

 

ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާބާދީގެ 70 އިންސައްތަ މީހުން ހުޅުމާލެއަށް ގެނައުމެވެ. އެގޮތުން ކުރިއަށްގެންދާ "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓްތައް 2019 ގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ވަނީ ދާދި ފަހުން ދެއްވައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް