ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 20:56
ކުޅުދުއްފުށި އެއަރޕޯޓް އަޅަން ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުޅުދުއްފުށި އެއަރޕޯޓް އަޅަން ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް ޓްވިޓާ
ކުޅުދުއްފުށި އެއަރޕޯރޓް
ކުޅުދުއްފުއްޓާއި ފުނަދޫ އެއަރޕޯޓްގައި އިމާރާތްތަކެއް އަޅާނެ ބަޔަކު ހޯދަނީ
އަޅަނީ ތިން އިމާރާތެއް
މިމަހުގެ 18 ގެ ނިޔަލަށް ޝައުގުވެރިކަން ހާމަކުރަން ޖެހޭ
އެއަރޕޯޓް އަޅަން ކުޅުދުއްފުށި ކުޅި ވަނީ ހިއްކާފައި

ހދ ކުޅުދުއްފުޓާއި ށ ފުނަދޫގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ އެއަރޕޯޓުގައި އިމާރާތްތަކެއް އެޅުމަށް ބަޔަކު ހޯދުމަށް ރީޖަނަލް އެއަރޕޯޓްސްއިން އިއުލާން ކޮށްފިއެވެ.

އެއޮފީހުން އާދީއްތަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ހދ. ކުޅުދުއްފުށި އެއަރޕޯޓާއި، ށ. ފުނަދޫ އެއަރޕޯޓްގައި ޢިމާރާތްތަކެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ރީޖަނަލް އެއރަޕޯޓްސްއިން ބުނެފައިވާ ގޮތުގައި ބަޔަކު ހޯދަނީ، ޕެސެންޖަރ ޓަރމިނަލް ބިލްޑިންގއަކާއި ފަޔަރ އެންޑް ރެސްކިއޫ ބިލްޑިންގ އެއް އަދި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރ އެއް އިމާރާތް ކުރުމަށެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ، ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދޭ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ސަރުކާރުން ބުނެފައި ވަނީ ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށް އެރަށުގައި ހިއްކުމަށް ހަމަޖެހިފައިވާ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި ފުނަދޫގައި އެއަރޕޯޓް އެޅުމަށް ބިން ހިއްކުމުގެ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް