ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 19:33
އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވާފައިވާ ޖަނާހް
އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވާފައިވާ ޖަނާހް
ގޫގުލް
އެެމްއެމްއޭ
އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް އިހްސާނާއި ޖަނާހް
އެ ބޭފުޅުން އައްޔަން ކުރެއްވީ ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރައްވާ ބޭފުޅުންގެ ގޮތުގަ
ޖަނާ އަކީ ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް
ޑިރެކްޓަރުންގެ ބޯޑުގައި ހަ ބޭފުޅުން ތިއްބަވާ

ދައުލަތުގެ މާލީ އިދާރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑިރެކްޓަރުންގެ ބޯޑަށް ހޮޓެލް އެންޑް ރިސޯޓްސް (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އަދި ހެޕީ މާކެޓްގެ ޖީއެމް ކެޕްޓަން އަލީ އިހުސާން އައްޔަން ކުރައްވައިފި އެވެ.

އަލީ ޖަނާހް އާއި އިހްސާން އައްޔަން ކުރައްވާފައިވަނީ ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރައްވާ ބޭފުޅުންގެ ގޮތުގަ އެވެ.

ޖަނާ އަކީ ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޖަނާއަކީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާރސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ ނާއިބް ރައީސެވެ. އަދި އޭނާ ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ކުރީގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

އިހްސާން އަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރެވެ. ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީގެ ދަރިކަލުންނެވެ. އޭނާ އަކީ ސިފައިންގެ ގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 

އެމްއެމްއޭގެ ބޯޑަށް އައްޔަން ކުރައްވާފައިވާ އިހްސާން، އޭނާ އަކީ މިހާރު ހެޕީ މާކެޓްގެ ޖެނަރަލް މެނޭޖަރ

އެމްއެމްއޭގެ ބޯޑުގައި މީގެ އިތުރުން މިހާރު ތިއްބަވަނީ ގަވަރުނަރު އަހުމަދު ނަސީރުގެ އިތުރުން އެސިޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން އާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އާ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަބްދުލް ހަލީމް އަބްދުލް ގަފޫރު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް