ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 18:39
މި މުބާރާތުގެ ތައްޓާއެކު މޮންފިލްސް ހުއްޓިލައިގެން
މި މުބާރާތުގެ ތައްޓާއެކު މޮންފިލްސް ހުއްޓިލައިގެން
އޭޓީޕީ
އޭޓީޕީ ވޯލްޑް ޓުއާ
ޤަތަރު އޯޕަންގެ ޗެމްޕިއަންކަން މޮންފިލްސް ހޯދައިފި
މިއީ މޮންފިލްސްގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ އޭޓީޕީ ވޯލްޑް ޓުއާ މުބާރާތް

މި އަހަރުގެ އޭޓީޕީ ޓެނިސް ސީޒަން ފެށުމުގެ ގޮތުން ޤަތަރުގެ ދޯހާގައި ކުރިޔަށް ދިޔަ އޭޓީޕޯ ވޯލްޑް ޓުއާގެ ޤަތަރު އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފްރާންސްގެ ގައެލް މޮންފިލްސް ހޯދައިފިއެވެ.

ދުނިޔޭގެ ރޭންކިންގެ 46 ވަނައިގައި އޮތް މޮންފިލްސް މި މުބާރާގެ ތަށި ގެންދިޔައީ ފައިނަލް މެޗުގައި ދުނިޔޭގެ ރޭންކިންގެ 39 ވަނައިގައި އޮތް ރަޝިއާގެ އަންދްރޭ ރުބްލޭވް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އުމުރުން 20 އަހަރުގެ ރުބްލޭވްއާ ދެކޮޅަށް ކުޅުނު މެޗުގައި އުމުރުން 31 އަހަރުގެ މޮންފިލްސް ސެޓުތައް ގެންދިޔައީ 6-2 އަދި 6-3 އިންނެވެ. މި މެޗު ދިގުދެމިގެން ގޮސްފައިވަނީ ގާތްގަނޑަކަށް ގަޑިއެއްހާ އިރަށެވެ.

މުބާރާތުގެ ތަށި ހޯދުމަށް ފަހު ވާހަކަ ދައްކަމުން މޮންފިލްސް ބުނީ އެތަކެއް އަހަރުތަކަކަށް ފަހު މުބާރާތުގެ ތަށި ހޯދުމުން އުފާވެފައި ހުރި ކަމަށާއި މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭގެފަހުން ކުޅުނު އެއްވެސް މުބާރާތެއްގައި މޮންފިލްސް ކުޅެފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އޭނާގެ ރޭންކިންއަށް ބޮޑު އަސަރެއް ކުރިއިރު މި މުބާރާތް ވެގެންގޮސްފައި ވަނީ މޮންފިލްސްގެ ކެރިއަރުގައި އޭނާ ކާމިޔާބު ކުރި ހަތްވަނަ އޭޓީޕީ ވޯލްޑް ޓުއާ މުބާރާތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް