ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 13:10
އޭޑީކޭ ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އޭޑީކޭ ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ފަޒީން
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭގެ އާ އިމާރާތް ޑރ. ޕާންޑިއަންއަށް ނިސްބަތްކޮށް ހުޅުވައިފި
އޭޑީކޭ ހޮސްޕިޓަލުގެ އާއިމާރާތަށް ނަންދީފައިވަނީ ޑރ. ޕާންޑިއަންގެ ނަމަށް ނިސްބަތްކޮށް
އާ އިމާރާތް ހުޅުވައިދެއްވީ ޕާންޑިއަށްގެ އަނބިކަނބަލުންނާއި ދަރިކަލުން
ޕާންޑިއަން އޭޑީކޭގައި 27 އަހަރު ހިދްމަތް ކުރައްވާފައިވޭ

އޭޑީކޭ ހޮސްޕިޓަލުގެ އާ އިމާރާތަށް "ޑރ. ޕާންޑިއަން ވިންގް" ނަން ދިނުމަށްފަހު އެ އިމާރާތް ހުޅުވައިފި އެވެ.

އޭޑީކޭގެ އާ އިމާރާތަށް ނަންދީފައި ވަނީ އެ ހޮސްޕިޓަލުގައި 27 އަހަރު ހިދުމަތް ކުރެއްވި ޑރ. ޕާންޑިއަން އަށް ނިސްބަތް ކޮށެވެ. ޕާންޑިއަން އަކީ 1987 ވަނަ އަހަރު ހުޅުވި އޭޑީކޭގެ ކްލިނިކްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. އަވަހާރަވި އިރު އޭނާ ހުންނެވީ އެ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. އަވަހާރަވީ 2014 ވަނަ އަހަރު އެވެ. 

ޑރ. ޕާންޑިއަން އަވަހާރަވިތާ މިއަދަށް ހަތަރު އަހަރު ފުރުނުއިރު، އޭނާއަށް ނިސްބަތްކޮށްފައިވާ އަށް ބުރީގެ އާ އިމާރާތް ހުޅުވައި ދެއްވީ ޕާންޑިއަންގެ އަނބިކަނބަލުންނާއި ދަރިކަލުންނެވެ.

މި ރަސްމިއްޔާތުގައި އޭޑީކޭގެ ޗެއާރމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝީދު (އޭޑީކޭ ނާޝިދު) ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެކި ދާއިރާތަކުގައި ބިދޭސީން ހިދްމަތް ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ތައުލީމާއި ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ބިދޭސީންގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެކަން ދިވެހިން ވަޒަން ކުރަންޖެހޭ ކަމަށްވެސް ނާޝިދު ވިދާޅުވި އެވެ.

ޕާންޑިއަންގެ ދަރިކަލުން ވިދާޅުވީ އޭޑީކޭގެ އާ އިމާރާތުގެ ނަން އޭނާގެ ބައްޕަގެ ނިސްބަތްކުރުމަކީ އާއިލާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެކަމަށް އޭޑީކޭ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އޭނާ ޝުކުރު އަދާކުރެއްވެވި އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުގެ އާއިމާރާތުންގެ ފެންވަރު ރަނގަޅުކަން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެނގޭނެ ކަމަށާއި ހިދުމަތުގެ ފެންވަރުވެސް ހަމަ އެގޮތުގައި ލިބިގެންދާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް