ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 01:24
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ - ދީން ހަތިޔާރަކަށް ބޭނުން ނުކުރުމަށް އޭނާ އިލްތިމާސްކުރެއްވި
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ - ދީން ހަތިޔާރަކަށް ބޭނުން ނުކުރުމަށް އޭނާ އިލްތިމާސްކުރެއްވި
ރާއްޖެ އެމްވީ
އަހުމަދު އަބްދުﷲ
ސިޔާސީ ގޮތުން ފައިދާއެއް ހޯދަން ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ނުވާނެ: އަހުމަދު އަބްދުﷲ
ވަކި މަންފާއެއް ހާސިލްކުރުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ދަނީ ބޭނުންކުރަމުން

ސިޔާސީ ގޮތުން ވަކި ފައިދާއެއް ހާސިލް ކުރުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު އަހުމަދު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ވަކި ބަޔަކަށް ފައިދާ ހޯދާދިނުމަށް ނުވަތަ ގެއްލުން ދިނުމަށް އިސްލާމް ދީން ހަތިޔާރަކަށް ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަހުމަދު އަބްދުﷲ މިހެން ވިދާޅުވިއިރު، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައެއް ވަޒީރުން ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލްކުރުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުރައްވާ ކަމުގެ ތުހުމަތު ބައެއް ފަރާތަކުން ދަނީ ކުރަމުނެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް