ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 21:47
ރ. މަޑުއްވަރި
ރ. މަޑުއްވަރި
މުހައްމަދު ފަޒީން
މީހަކު ގެއްލުން
ރ. މަޑުއްވަރީގައި ގެއްލިގެން ހޯދަމުންދިޔަ މީހާ
އޭނާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 7:45 ހާއިރު
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުން

ރ. މަޑުވައްރީގައި ގެއްލިގެން ހޯދަމުންދިޔަ އުމުރުން 19 އަހަރުގެ އާމިނަތު ޝަބާ ފެނިއްޖެއެވެ.

ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހްމަދު ވިދާޅުވީ އޭނާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 7:45 ހާއިރުކަމަށާއި އޭނާ ހާލު ސީރިއަސް ނުވި ނަމަވެސް އެއްޗެއް ނުކައި ހުރުމުން ވަރު ދެރަވެފައިވާ ކަމަށެވެ.

ޝަބާ ގެއިން ފިލާފައިވަނީ ހުކުރު ދުވަހުގެ 16:00 އާއި 16:30 ދެމެދުގެ ވަގުތެއްގައެވެ.

މީގެ އިތުރުން އަބްދުﷲ އަހްމަދު ވިދާޅުވީ އޭނާ ފެނިފައިވަނީ ދިރިއުޅޭ ގެއާއި ޖެހިގެން ހުރި ބްލޮކުގައި ހުރި ކުންނާރު ގަހެއް ދަށުން ކަމަށެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް މަޑުވައްރީ ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް