ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 16:28
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ވިލާ ކުންފުނި
ގާސިމްގެ ވިލާ ޝިޕިންގ އަތުން 75 މިލިއަން ރުފިޔާ ހޯދަން ދައުވާ ކޮށްފި
މި ދައުވާ ކުރިއިރު، 2.5 ބިލިއަނަށް ވުރެ ގިނަ ރުދިޔާ ހޯދަން އޮތީ ދައުވާ ކޮށްފަ
ގާސިމްގެ ކުންފުނިތަކަށް ދީފައި ހުރި ރަށްތަކާއި ފަޅުތައް އަތުލި
ގާސިމް ހުންނެވީ ތިން އަހަރުގެ ޖަލު ހުކުމެއްގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވިލާ ޝިޕިންގެ އަތުން، 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ދައުވާ ކޮށްފި އެވެ.

ގާސިމްގެ ވިލާ ޝިޕިންގ އަތުން 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާ ކޮށްފައި މިވަނީ، ގާސިމްގެ ފަސް ކުންފުންޏެއްގެ އަތުން 166 މިލިއަން ޑޮލަރު(2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ)  ހޯދަން މީރާއިން ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.

ވިލާ ޝިޕިންއާ ދެކޮޅަށް މީރާއިން ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ ޓީޖީއެސްޓީއާއި އޭގެ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 3.2 މިލިއަން ޑޮލަރު(49.3 މިލިއަން ރުފިޔާ) ހޯދުމަށް ކުރި ދައުވާއާއި، ޖީއާރުޓީއާއި އޭގެ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 1.2 މިލިއަން ޑޮލަރު(18 މިލިއަން ރުފިޔާ) ހޯދަން ކުރި ދައުވާއެއްގެ އިތުރުން، ޖީއެސްޓީއާއި އޭގެ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ހަތް މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ އެވެ.

ގާސިމްގެ ކުންފުނިތަކަށް ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް ވެސް ސަރުކާރަށް ވަނީ ނަގާފައެވެ. 

ގާސިމްގެ ވިލާ ޝިޕިންއާ ދެކޮޅަށް ދައުވާކުރިއިރު، ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު ހުންނެވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. އެހެން ނަމަވެސް، ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވުމުން، ޖަރުމަނަށް ވަޑައިގެން ގާސިމް މިހާރު ހުންނެވީ އެގައުމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް