ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 14:44
ނިހާން: ފުލުހުންނާއި ޖުޑީޝަރީއަށް އިލްތިމާސްތަކެއް ކުރެއްވި--- ފޮޓޯ/ ރާއްޖެއެމްވީ
ނިހާން: ފުލުހުންނާއި ޖުޑީޝަރީއަށް އިލްތިމާސްތަކެއް ކުރެއްވި--- ފޮޓޯ/ ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
ރޭޕް ކުރުން
ރޭޕުގެ އަމަލުގައި ބައިވެރިވީ ކޮންމެ މީހަކު ކަމުގައި ވިޔަސް ހައްޔަރުކުރަންޖެހޭ: ނިހާން
އެފަދަ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އޭނާ ގޮވާލެއްވި

ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅެއްގެ އާއިލީ މެންބަރަކު، ފުރާވަރު އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އަދިވެސް މީހަކު ހައްޔަރު ނުކުރާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ އަމަލު ހިންގި މީހާ "މިހާރުން މިހާރަށް" ހައްޔަރު ކުރުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފިއެވެ.

ނިހާން މިއަދު މެންދުރު ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭޕްގެ އަމަލުގައި ބައިވެރިވީ ކޮންމެ މީހަކު ކަމުގައިޔަސް އެ މީހަކު މިހާރުން މިހާރަށް ހައްޔަރުކޮށް ކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ. އަދި އެ މީހަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރާ ފަރާތްތަކަށް ނިހާނު ވަނީ ގޮވާލައްވާފައެވެ. 

 

 

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ ތަމްސީލު ކުރެއްވުމުގައި އިސްކޮށް އުޅުއްވާ މަޖިލިސް މެމްބަރެއްގެ އާއިލާއަށް ނިސްބަތްވާ، އެމީހާއަށް ރޭޕްގެ ތުހުމަތުތައް ކުރެވެމުންދާއިރު، އެނާ ރޭޕުކުރި ކަމަށް ވަނީ 19 އަހަރުގެ ފުރާވަރު ކުއްޖެކެވެ.

ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ ވަނަވަރާއި އެ މީހާ ނިސްބަތް ވަނީ ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅެއްގެ އާއިލާއަށްކަން "ރާއްޖެއެމްވީ" އަށް އެނގިފައި ވިޔަސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނާ ގޮތުން، ތުހުމަތު ކުރެވޭ މީހުންގެ ބަހެއް ނުލިބި އެފަދަ މީހުންގެ ވަނަވަރެއް ހާމަކުރެވޭކަށް ނެތެވެ.

ނިހާނުގެ އިތުރުން ވެސް ވަރަށް ގިނަ ފަރާތްތަތަކަކުން ގެންދަނީ އެ މައްސަލައިގަ ތުހުމަތުކުރެވޭ ފަރާތް މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެނެސް މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތްކަށް ގޮވާލަމުންނެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް