ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 09:39
ޖިންސީ އަނިޔާގެ މައްސަލަތަކާއި އަންހެނުންނަށް ކުރާ އަނިޔާތަކަށް ހޭލުންތެރި ކުރުވުމަށް ހަދާފައިވާ ޕޯސްޓަރެއް
ޖިންސީ އަނިޔާގެ މައްސަލަތަކާއި އަންހެނުންނަށް ކުރާ އަނިޔާތަކަށް ހޭލުންތެރި ކުރުވުމަށް ހަދާފައިވާ ޕޯސްޓަރެއް
މުހައްމަދު ޝަރުހާން
ރޭޕް ކުރުން
ޕީޕީއެމްގެ އިސްވެރިއެއްގެ ކޮއްކޮއަކާ ގުޅޭ ރޭޕްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ
ރޭޕް ކުރުމަށް ފަހު އެ ވާހަކަ ނުދައްކަން ފައިސާ ހުށަހެޅި
އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ޕީޕީއެމްގެ މަޖިލިސް މެންބަރެއްގެ ކޮއްކޮއެއް
ފުލުހުންނަށް މައްސަލަ ހުށަހަޅައި، ފޮރެންސިކް ސާމްޕަލް ނަގާފައި

ޕީޕީއެމްގެ އިސްވެރިއެއްގެ ކޮއްކޮއަކާ ގުޅޭ ރޭޕްގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ތަހުގީގު ކުރަމުންދަނީ ސްޓޫޑިއޯއެއްގެ ތެރޭގައި އުމުރުން 19 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލައެވެ. އެ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތު ކުރެވެނީ ޕީޕީއެމްގެ އިސް މަޖިލިސް މެންބަރެއްގެ ކޮއްކޮއެއްގެ މައްޗަށެވެ.

އެ މަޖިލިސް މެންބަރަކީ ކާކުކަމާއި މެންބަރުގެ ކޮއްކޮއަކީ ކާކުކަން ރާއްޖެއެމްވީއަށް އެނގިފައިވީ ނަމަވެސް، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މީހުންގެ ބަހެއް ލިބިފައި ނުވާތީ، އެ މީހުންގެ ނަން ހާމަކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އާޓް މަސައްކަތްކުރާ ސްޓޫޑިއޯއަކަށް ޕްރޮޖެކްޓެއް ހަދަން ދިއުމުންނެވެ. އެ ކުއްޖާ ރޭޕްކުރުމަށް ފަހު، އެ ވާހަކަ ނުދެއްކުމަށް ފައިސާ ހުށަހެޅި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

"ފައިސާގައި ނުހިފުމުން، މައްސަލަ ކޮންމެ ތާކަށް ހުށަހެޅިޔަސް މައްސަލައެއް ނެތް ކަމަށް ބުނެ، އޭނައަށް އެއްވެސް ކަމެއް ނުކުރެވޭނެޔޭ ވެސް ބުނި،" ބައެއް ނޫސްތަކުގައި އެ ކުއްޖާއާ ހަވާލާދީ ބުނެފައިވެއެވެ.

އެ ކުއްޖާ ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި، ވަރަށް ތަފްސީލުކޮށް ބަޔާން ދީފައެވެ. އަދި ފުލުހުންގެ ވަނީ އެ ކުއްޖާގެ ހަށިގަނޑުން ފޮރެންސިކް ތަހުލީލުތަކަށް ސާމްޕަލް ވެސް ނަގާފައެވެ.

ފުލުހުން ވެސް ވަނީ މިފަދަ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޖިންސީ އަނިޔާގެ 417 މައްސަލައެއް މިދިޔަ އަހަރުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނެވެ. މިއަހަރުގެ މިހާތަނަށް މިފަދަ ތިން މައްސަލައެއް ފުލުހުން ހުށަހެޅިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 ޖެނުއަރީ 2018 | ހޮނިހިރު 19:38
ސްޓަންޓް
ސްޓަންޓް ޖައްސަން މިވަރެއް ނެތް!އިސްވެރިން
6 ޖެނުއަރީ 2018 | ހޮނިހިރު 13:57
ހަސަން
ތިޔަ މައްސަލަ ދާނީ ފަނުފުލުން ... ރާއްޖޭގެ ފުލުހުންގެ އިދާރާއާއި ހެދިފައިވާ ކޯޓުތަކަަކީ ވަކިބަޔަކު ބޭނުން ގޮތަކަށް ވަކި މައްސަލަ ތަކެއް ބަލަން ތިބޭ ބަޔެއް. ޙާއްސަކޮށް ސިޔާސީ މީހެއްގެ ގުޅުމެއްވާނަމަ ދެން އެނިމުނީ ... މުސާރަކޮޅާއި ފެލްޓް ލިބެނިކޮއް ފުލުސްމީހާއަށް ވަރިހަމަ.
6 ޖެނުއަރީ 2018 | ހޮނިހިރު 13:04
ޗެލެނެޖު
ޔާމީނު އަކީ ކެރޭ މީހެއް ކަމަށް ބުނެވޭ. ކިތަންމެ ގާތް މީހެއް ނަމަވެސް ކުށެއް ކޮށްފިއްޔާ އެނިމުނީ ކަމަށް ބުނެވޭ. ދަ ޓައިމް ހޭސް ކަމް ޓު ޝޯދަޓް އިން އެކްޝަން. ތި ރޭޕިސްޓު މިސާލަކަށް ހަދާލާ!!!!