ކ. މާލެ
|
5 ޖެނުއަރީ 2018 | ހުކުރު 19:19
އެމްޑީޕީ ހަރުގެ ކުރިމަތީ ބަހައްޓާފައިހުރި މޭޒު އެސްއޯ ފުލުހުން ގެންދަނީ
އެމްޑީޕީ ހަރުގެ ކުރިމަތީ ބަހައްޓާފައިހުރި މޭޒު އެސްއޯ ފުލުހުން ގެންދަނީ
ރާއްޖެ އެމްވީ
އިދިކޮޅު ސިޔާސީ ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުގެ ސަޔަށް ނެރުނު ބައެއް ތަކެތި މިއަދުވެސް ފުލުހުން ގެންގޮސްފި
ފުރަތަމަ ނެރުނު ސައި މޭޒު ފުލުހުން ވަނީ އެމްޑީޕީ ހަރުގެއަށް ވައްދާފައި
ދެ ވަނަ ފަހަރަށް ފުލުހުން ވަނީ ސައިމޭޒު ގެންގޮސްފަ
ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އެތަނަށް ގޮސްފައިވޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި ސަޔަށް ގެނައި ބައެއް ތަކެތި ފުލުހުން ގެންގޮސްފި އެވެ.

މި ހުކުރުގައި ބޭއްވި ސަޔަށް ވެސް ގެނައި ތަކެތި ފުރަތަމަ ބަހައްޓާފައި ހުރީ އެމްޑީޕީގެ ހަރުގެ ކުރިމަތީގަ އެވެ. އެންމެ ފުރަތަމަ ފުލުހުން ވަނީ އެތަކެތި އެމްޑީޕީ ހަރުގެ ކުރިމަތީ ހުއްޓާ އެމްޑީޕީގެ ހަރުގެ ތެރެއަށް ވައްދާފަ އެވެ. އަދި އޭގެ ފަހުން ދެ ވަނަ ފަހަރަށް އެތަކެތި މަގު މައްޗަށް ނެރެފައި ހުއްޓާ އެސްއޯ ފުލުހުން ވަނީ ގެންގޮސްފަ އެވެ. ނަމަވެސް ތިން ފަހަރަށް ސަޔަށް ތެކަތި ގެނެސް އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީ ހުރި ސައިމޭޒު ފުލުހުން އެމްޑީޕީ ހަރުގެއަށް ވައްދަނީ 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މި އެއްވުމުގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ ސަރުކާރަށާއި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށާއި ރައްޔިތުންނަށް އަނިޔާވެރިވި ދައުލަތުގެ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށްވެސް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ސައިގެ ހަރަކާތުގައި ބައިވެރިވި މީހުން އެމްޑީޕީ ހަރުގެ ކުރިމަތީ

މީގެ އިތުރުންވެސް ދައްކާ ބިރަށް ފަހަތައް ނުޖެހޭނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބާރަށް ކުރިއަށް ގެންދާނެ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ސަޔަށް ގެނައި ތަކެތި ގެންދިޔަ ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް