ކ. މާލެ
|
5 ޖެނުއަރީ 2018 | ހުކުރު 10:36
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު - ފައިލް
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު - ފައިލް
ފާތިމަތު ޝަނާ މުހައްމަދު
މުހައްމަދު ޝިފާޒު
މިރާއްޖެ ސަލާމަތް ކުރެވެން އޮތީ ޔާމީން ވެރިކަމުން ބަދަލުކުރެވިގެން: ޝިފާޒު
ބޭރު ދުނިޔޭގެ ކުރިމަތީގައި ރައީސް ޔާމީންގެ އެއްވެސް އަގެއް ނެތް ކަމަށް އޭނާ ވިދާޅުވި
މުޅި ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް ބާއްވައިގެން އެއިން ނެއްޓިން ނޭނގިގެން އުޅުއްވާ ރައީސެއް ކަމަށް ވިދާޅުވި

މި ރާއްޖެ ސަލާމަތް ކުރެވެން އޮތީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރެވިގެން ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ މުޅި ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް ބާއްވައިގެން އެއިން ނެއްޓެން ނޭނގިގެން އުޅުއްވާ ރައީސަކު ހުންނެވީތީ މިވެރިކަން ބަދަލުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. މި ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދިފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެއީ ރައީސް ޔާމީން ވެރިކަމުގައި ހުރުމަށް އެހެން ބަޔަކަށް "ޑިޕެންޑް" ވެފައި އޮތުން ކަމަށާއި ރުޅި އަޔަސް އެ ވާހަކަތައް ދައްކަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިއަކު، ވެރިކަމުގައި ހުރެ އިސްލާމްދީނަށް ހަޖޫޖައްސަވައި އިސްލާމީ އަސްލުތަކާއި ޚިލާފު ވާހަކަތައް މިއަށްވުރެން ގިނައިން ދެއްކި ވެރިއަކު ރައީސް ޔާމީން ފިޔަވައި މި ދިވެހިރާއްޖޭގައި ނުހުންނާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. ވައްކަމާއި، ޚިޔާނާތައި ކޮރަޕްޝަން މިވެރިކަމުގައި ހިންގާފައިވާތީ މި ވެރިކަމަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ މިވެރިކަމުގައި ހިނގައިދިޔަ މާރާމާރީ އާއި މަރުގެ މައްސަލަތަކަށް ބަލާއިރު އެމައްސަލަތަކުގައި ހައްޔަރުކުރި އެއްވެސް މީހަކަށް ޝަރީއަތެއް އަދި ތަހުގީގެއް ނިމުނުކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އެއީ މިރާއްޖޭގެ ފަނޑިޔާރުގެ އާއި ވެރިކަމުގެ ހާލަތު މިއަދު އޮތް ގޮތް ކަމަށާއި އެހެން ކަމުން ބޭރުދުނިޔޭގެ ކުރިމަތީގައި ރައީސް ޔާމީންގެ އެއްވެސް އަގެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތް ވެވޭނީ އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށްގެން ނުވަތަ އަޒުލުކޮށްގެން،" ޝިފާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް