ކ. މާލެ
|
5 ޖެނުއަރީ 2018 | ހުކުރު 07:31
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމްގެ ބޭސްފަރުވާ
ބޭސްފަރުވާގެ ފުރިހަމަ ހައްޤު ފަސްވުމުން ލިބޭ ހިތްދަތިކަން ތަޖުރިބާ ކޮށްފިން: ޤާސިމް
އެހެން ޤައީދީންނެކޭ އެއްފަދައިން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބަށް ބޭސްފަރުވާގެ ފުރިހަމަ ހައްޤު ލިބެން ޖެހޭނެ
އެއްވެސް ރައްޔިތެއްގެ ބޭސްފަރުވާ އަށް ހުރަސް އެޅުމަށް ޤާނޫނު އަސާސީ ހުއްދައެެއް ނުކުރޭ

ބޭސްފަރުވާގެ ފުރިހަމަ ހައްޤު ލިބުން ލަސްވެ، ފަސްވުމުން ލިބޭ ހިތްދަތިކަން ތަޖުރިބާ ކުރައްވައިފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޤާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހެން ޤައީދީންނެކޭ އެއްފަދައިން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބަށް ބޭސްފަރުވާގެ ފުރިހަމަ ހައްޤު ލިބެން ޖެހޭނެ ކަމަށާއި އެއްވެސް ރައްޔިތެއްގެ ބޭސްފަރުވާ އަށް ހުރަސް އެޅުމަށް ޤާނޫނު އަސާސީ ހުއްދަ ނުކުރާ ކަމަށެވެ.

 

\ޤާސިމް މިވަގުތު ހުންނެވީ ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވެ. އަދި ޤާސިމް ޖަރުމަންވިލާތަށް ވަޑައިގެން ހުންނެވީ ގަވާއިދާ ހިލާފަށް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ގާސިމް ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވީ ކަރެކްޝަންސް އަށް އެންގުމެއް ނެތިއެވެ. އަދި ގާސިމް ޖަރުމަން ވިލާތަށް ވަޑައިގެންނެވީ ގަވާއިދާ ހިލާފަށް ކަމަށާއި އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ. އަދި ކަރެކްޝަންސް އެންގުމެއް ނެތި ގާސިމް ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށް ފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.

ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ގާސިމް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް