ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 23:45
ޝިދާތާ ޝަރީފް
ޝިދާތާ ޝަރީފް
އަޒުމޫން އަހުމަދު
ޝިދާތާ ޝަރީފް
ބޭރުގެ ފަރާތްތަކާ ބައްދަލުކުރުމުން ހާސިލްވި އެއްޗެއް އިންތިހާބުގައި ފެންނާނެ: ޝިދާތާ
މި އަހަރު ސިޔާސީ ލީޑަރުން މިނިވަންވާނެ
އިމްރާން އެދެނީ ހިތްވަރުކޮށް،ސާބިތުކަން މަތީ ތިބުމަށް
އިންސާފުވެރި އިންތިހާބަށް މަސައްކަތްކުރާނަން

ސަރުކާރާ އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭރުގެ އެކި ފަރާތްތަކާއި ބައްދަލުކޮށްގެން ހާސިލްވީ ކޮންކަމެއްކަން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ފެންނާނެ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ރިޔާސީ އިންތިހާބާ ކުރިމަތިލާ އަހަރު އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލައި، ރައީސް ޔާމިންގެ "މުށުތެރެއަށް" ލައްވާފައި ތިބި ނަމަވެސް މި އަހަރު އެ ލީޑަރުން މިނިވަންވާނެ ކަމަށެވެ. އަދި އެ ލީޑަރުންގެ ތެރެއިން ބޭފުޅުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށާއި އަދި އެއީ އިންސާފުވެރި އިންތިހާބަށް ހަދާދޭނެ ކަމަށް ވިދާޅުވިއެވެ.

"ތީގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑާވެސް ސުވާލުކުރޭ ތިޔަ ބޭފުޅުން ބޭރުގެ ފަރާތްތަކާއި ބައްދަލު ކުރެއޭ ވާހަކަ ދައްކައޭ ވާކަމެއް ނޯވެއެއް ނޫންހޭ. ވާކަން އޮންނާނެކަން، އެ ބައްދަލުވުންތަކުގެ ނަތީޖާ ފެންނާނެކަން އިރާދަ ކުރެއްވިޔާ 2018ގެ އިންތިހާބުގައި ފެނިގެންދާނެ،" 

އޭނާ ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވޯޓު އޮޅުވާލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ހާސިލްނުވީ ރައްޔިތުން އެކަމަށް ފުރުސަތު ނުދިނުމުން ކަމަށެވެ.  

އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންވަނިކޮށް ޓެރަރިޒަމްގެ ހުކުމެއް ކޮށް ޖަލަށްލާފައިވާ އިމްރާނާ ގުޅޭ ގޮތުން ޝިދާތާ ވިދާޅުވީ އިމްރާނަކީ ހައްގު ގޮތުގައި ހުރީތީ "އުފުރާލައިގެން ގެންދިޔަ ލީޑަރެއް" ކަމަށެވެ. އަދި އިމްރާން އެދިވަޑައިގަންނަވަނީ ހަމަ ރައްޔިތުން އެއްގޮތެއްގައި ސާބިތުކަމާއެކު ތިބުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދޭން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ހަމަ އެންމެ މެސެޖެއް. ތިޔަ ބޭފުޅުންގެ ހިތްވަރު ދެރަ ނުކުރައްވައްޗޭ. ތި ގޮތުގައި ސާބިތުވެ ތިއްބަވައްޗޭ. ޝެއިހް އިމްރާން އަޅުގަނޑު ގާތު ދެންނެވި ވާހަކައަކީ ރައީސް ޔާމީނަށް ދީލާލައިގެން ތިމަން ސަލާމަތްކަން ހޯދަންޏާ 12 އަހަރު ތިމަންނަ ހޭދަކުރާނީ ޖަލުގަ އޭ،" ޝިދާތާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް