ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 21:57
ސްކޫލުދަރިވަރުންތަކެއް ސްކޫލްގެ ގޯތިތެރޭގައި މަޑުކޮށްލައިގެން
ސްކޫލުދަރިވަރުންތަކެއް ސްކޫލްގެ ގޯތިތެރޭގައި މަޑުކޮށްލައިގެން
ގޫގުލް
އިދިކޮޅު ކޯލިޝަން
ކިޔެވުން ފެށޭއިރު ވެސް ޓީޗަރުން ހަމަ ނުވުމަކީ ސަރުކާރުގެ އިހްމާލެއް: އިދިކޮޅު ކޯލިޝަން
ގިނަ ޓީޗަރުން ހޯދުމަށް މި ހަފްތާގައި އިއުލާންކޮށްފައިވޭ
ސްކޫލްތަކުގެ ކިޔެވުން މި މަހުގެ 14ގައި ފެށޭނެ
400 އަށްވުރެ ގިނަ ޓީޗަރުން ހޯދުމަށް އިއުލާންކޮށްފައިވޭ

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ކައިރިވެފައިވާއިރު ވެސް ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަވެފައިނުވުމަކީ މި ސަރުކާރުގެ ބޮޑު އިހްމާލެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ފާޑު ކިޔައިފި އެވެ.

ސަރުކާރާ އިދިކޮޅު އިއްތިހާދުގެ ފަރާތުން ބުރާސްފަތި ދުވަހު މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ 400 އަށް ވުރެ ގިނަ ޓީޗަރުން ހޯދުމަށް އިއުލާންކޮށްފައި އޮތުމުން ޓީޗަރުން އަދިވެސް ހަމަ ނުވެ އޮތްކަން އެނގޭ ކަމަށެވެ.

" ޓީޗަރުން މި އަދަދަށް ލިބޭނެ ކަމީ އަޅުގަނޑުމެން ޝައްކުކުރާ ކަމެއް. ހަތަރު ސަތޭކަ ޓީޗަރުންގެ ވާހަކަ މި ދައްކަނީ. އަދި ޓީޗަރުން ލިބުމުގެ ފަހުގައި ޓީޗަރުން ޓްރޭން ކުރުމާއި މި ހުރިހާ ކަމެއް ކުރަން ޖެހޭނެ. މިވެސް ވަރަށް ވަގުތު ބޭނުންވާ ކަމެއް،" އިންތި ވިދާޅުވި އެވެ.

ކުދިންގެ ތައުލީމާމެދު ސަރުކާރުން އިހްމާލުވުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނުހަނު ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

 
މީގެ އިތުރުން
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން މެދުވެރިކޮށް އެތަނުގެ އިސްވެރިންކުރާ ކަންކަން ޕްރޮމޯޓް ކުރުމަށް މަޖުބޫރުކޮށް ނުފޫޒު ފޯރުވާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައިވާ ކަމަށްވިދާޅުވެ އިންތި ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މީރާގެ ބޯޑުގެ އިސްވެރިން ހިންގަވާ ކަންކަމާއި މީރާއިން ހިންގާ ކަންކަން ސްޓާފުންގެ އަމިއްލަ ސޯޝަލްމީޑިޔާގެ އެކައުންޓްތަކުން ޕްރޮމޯޓް ކުރުމަށް އަންގަމުންދާ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެކަން ކުށްވެރިކޮށް އާދައިގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވަމުންދިއުން ހުއްޓާލުމަށް ވެސް ގޮވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް