ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 12:34
ކުޅުދުއްފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަނީ
ކުޅުދުއްފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަނީ
މުހައްމަދު ފަޒީން
ކުޅުދުފުށި އެއާރޕޯޓް
ކުޅުދުއްފުށި ބިން ހިއްކުމުގެ މަޝްރޫއު ނިމިއްޖެ: އެމްޓީސީސީ
އެމްޓީސީސީން ބުނަނީ ބިން ހިއްކުމުގެ މަޝްރޫއު ނިމިއްޖެ ކަމަށް
ކައުންސިލުން ބުނަނީ ބިން ހިއްކުމުގެ މަޝްރޫއު އަދި ނުނިމޭ ކަމަށް

ހދ. ކުޅުދުއްފުށި އެއާރޕޯޓް އެޅުމަށްޓަކައި އެމްޓީސީސީން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ މީޑީއާ އޮފިޝަލް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ ކުޅުދުއްފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށާއި ފަހުގެ ތާރީހެއްގައި އެމްޓީސީސީން އެމައުލޫމާތު މީޑިއާއަށް ހިއްސާ ކުރާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރަންޖެހޭ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުނި ނަމަވެސް ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެމްޓީސީސީ އިން އެގޮތަށް ބުނާ ނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ނަމަވެސް "އެނގޭ އެއްޗަކީ ޕްލާނާ އެއްގޮތަށް އެއާރޕޯޓް އެޅުމަށް ބޭނުންވާ ބިން، އަދި ހިއްކާފައިނުވާކަން" ކަމަށް ލަތީފް ވިދާޅުވިއެވެ.

 

ބިން ހިއްކުމުގެ މަޝްރޫއު ހިންގާ އެމްޓީސީސީގެ މަހާ ޖައްރާފް

 

ކުޅުދުއްފުށި އެއާރޕޯޓް އެޅުމުގެ މަސައްކަތުގެ ދަށުން 18 ގޯއްޗެއް ނެގުމަށް ވެސް ނިންމާފައި ވެއެވެ. އެ ގޯތިތައް ނަގާއިރު، އެ ގޯތިތަކަށް ކޮށްފައިވާ ޚަރަދާ އެކު އެހެންތަނަކުން އެ ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެސް ލަތީފު ވިދާޅުވެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 33 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް