ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 11:13
ޝަހިންދާ
ޝަހިންދާ
ޓްވިޓަރ
ޝަހިންދާ ކުރެއްވި ޓުވީޓް
ޝަހިންދާއަށް ދިން އިންޒާރުތައް ކުށްވެރިކޮށް، ރައްކާތެރިކަން ދިނުމަށް ފޯރަމް އޭޝިއާއިން ގޮވާލައިފި
ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާފާފައިވޭ

އިސްލާމްދީނާ ގުޅޭ ގޮތުން މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާއަށް ދެމުންދާ އިންޒާރުތައް ކުށްވެރިކޮށް، ޝަހިންދާއަށް ރައްކާތެރިކަން ދިނުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އޭޝިއާ ފޯރަމް ފޯ ހައުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓް (ފޯރަމް އޭޝިއާ) އިން ގޮވާލައިފިއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކން ކުރައްވާފައިވާ ޝަހިންދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ދުނިޔޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ މާތް ﷲ ކަމަށާއި ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތޯއޭ ވިދާޅުވެ ސުވާލު ކުރައްވާފައިވެ އެވެ.

އެ ޓްވީޓާ ގުޅިގެން ފުލުހުން އެކަން ތަހުގީގު ފަށައި، އަދި ޝަހިންދާއަށް ނުރައްކާލާ ކުރިމަތިވާ ގޮތަށް ބައެއް ނޫސްތަކުން އެ ޓްވީޓުގެ ވާހަކަ ރިޕޯޓުކޮށްފައި ވާތީ, 19 ގައުމެއްގެ ބައިވެރިވާ ފޯރަމް އޭޝިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"ޝަހިންދާއަށް ކުރިމަތިވަމުންދާ ނުރައްކަލާ ގުޅިގެން، އޭނާއަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި ދިވެހި ފުލުހުން އިސްކޮށްފައި ވަނީ އޭނާ ކުރި ޓްވީޓުގެ މައްސަލަ ބެލުމަށެވެ،" މީގެ 20 އަހަރު ކުރިން ފެށިގެން، އޭޝިއާގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލައި މަސައްކަތް ކުރަމުންދާ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެ ޓްވީޓާ ގުޅިގެން ޝަހިންދާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ފާހަގަކޮށް، އެ ޖަމިއްޔާއިން ގޮވާލާފައި ވަނީ މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ތަހުގީގު ކުރުމަށެވެ. މީޑިއާގެ އެކި ވަސީލަތްތަކުގައި ޝަހިންދާއަށް ކުރިމަތިކުރަމުންދާ ފުރައްސާރަ އާއި ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކުރަމުންދާ ކަންތައްތައް ތަހުގީގުކޮށްދިނުމަށް ވެސް ފޯރަމް އޭޝިއާއިން ގޮވާލާފައިވެ އެވެ.

ސޯޝަލް މީޑިއާގެ ޕްލެޓް ފޯމަކީ ހިޔާލު ބަދަލުކޮށް، ބަހުސް ކުރުމަށް އޮތް ތަނެއްގެ ގޮތުގައި ބާއްވައިދިނުމުގެ ޔަގީންކަން ސަރުކާރުން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް