ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 11:35
ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓޮމެންޑީ
ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓޮމެންޑީ
ގެޓީ އިމޭޖަސް
ނިކޮލަސް އޮޓޮމެންޑީ
ސިޓީގެ އެއްބަސްވުން އޮޓަމެންޑީ އާކޮށްފި
އޮޓަމެންޑީ 2022 ވަނަ އަހަރުގެ ނިޔަލަށް ސިޓީގައި މަޑުކުރަންޖެހޭނެ

މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އާކޮށްފިއެވެ.

ގޯލްޑޮޓްކޮމް އިން ބުނީ މި ސީޒަނަށް ފަހު ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާ އާޖެންޓީނާގެ އޮޓަމެންޑީ އެ ކްލަބުގައި އިތުރު ދެ އަހަރަށް މަޑުކުރަން ނިންމާ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ސިޓީ އަށް 2015 ވަނަ އަހަރު ބަދަލުވި އޮޓަމެންޑީ އެ ކްލަބާ އެކު ހެދި އާ އެއްބަސްވުމުގެ ދަށުން 2022 ވަނަ އަހަރުގެ ނިޔަލަށް އޭނާ މަޑުކުރަންޖެހޭނެއެވެ.

އުމުރުން 29 އަހަރުގެ އޮޓަމެންޑީއަކީ މި ސީޒަނުގައި ސިޓީގެ ކޯޗު ގާޑިއޯލާގެ ގޭމް ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގުގައި ޖުމްލަ 23 މެޗު ކުޅެދީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

އޮޓަމެންޑީގެ އިތުރުން ފެނާންޑީނިއޯ ވެސް ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށް، ސޮއިކޮށްފައިވާކަމަށް ގޯލްޑޮޓްކޮމް އިން ބުނެއެވެ. ގޯލްޑޮޓްކޮމް އިން ބުނީ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އަހަރަކަށް ފެނާންޑީނިއޯ އާކޮށްފައި ވަނީ އެއްބަސްވުން ހަމަވާން ބާކީ އެއް އަހަރު އޮއްވާ ކަމަށެވެ.

ސިޓީގެ ގެބްރިއަލް ޖީސަސް ވެސް ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކްލަބުގެ ކެވިން ޑިބްރޭނާ ވެސް ވަނީ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ނިންމާފައެވެ. އެގޮތުން ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް