ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 12:03
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު
މުހައްމަދު ޝަރުހާން
ހުސްނުއް ސުއޫދު
12 މެމްބަރުން ކޯޓަށް ހާޒިރުކުރަނީ ގާނޫނާ ހިލާފަށް:ހުސްނުއް ސުއޫދު
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުވާކޮށްފައިވަނީ މަޖިލިސް އިދާރާއަށް ވެންނެވި މައްސަލައިގައި
12 މެމްބަރުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތްތައް ކުރިއަށް ދޭ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުވާ އުފުލާ އެ މެމްބަރުން ކޯޓަށް ހާޒިރުކުރުމާމެދު ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. '

ހުސްނުއް ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރެއަށް ވެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު އެއްފަހަރާ ކޯޓަށް ހާޒިރުކުރުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ގާނޫނު އަސާސީން ތަންދޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެން 12 މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ މެމްބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެންބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ.

މެންބަރުން ވިދާޅުވަމުންދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވެންނެވުން އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާ އެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފަ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް