ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 10:26
ޕީސް ފައުންޑޭޝަނުން ސުޖޫދުގެ ނަމުގައި ވޯކްޝޮޕް ބާއްވާނީ ޑިސެމްބަރު 25 އިން 26 އަށް
ޕީސް ފައުންޑޭޝަނުން ސުޖޫދުގެ ނަމުގައި ވޯކްޝޮޕް ބާއްވާނީ ޑިސެމްބަރު 25 އިން 26 އަށް
ގެޓީ އިމޭޖަސް
ޕީސް ފައުންޑޭޝަން
ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް ފަށަނީ
ވޯކްޝޮޕްގައި ކިޔަވައި ދެއްވަނީ އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ނަސީމް
މި ވޯކްޝޮޕްގައި ބައިވެރިވެވޭނީ 10 އަހަރާއި 16 އަހަރުގެ ކުދިންނަށް
 ވޯކްޝޮޕްގެ ފީ އަކީ -/400 ރުފިޔާ

ޕީސް ފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮށްގެން ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.

އެ ފައުންޑޭޝަނުން ބުނީ"ސުޖޫދް" ގެ ނަމުގައި ބާއްވާ މި ވޯކްޝޮޕްގެ ހުށަހަޅައި ދެއްވާނީ އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ނަސީމް ކަމަށެވެ.

އޮސްްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސަޢޫދީ އަރަބިޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ.

އުމުރުން  10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށް ޚާއްސަ ކޮށްގެން ބާއްވާ މި ވޯކްޝޮޕްގެ ފީ އަކީ -/400 ރުފިޔާ އެވެ.

ވޯކް ޝޮޕް ކުރިއަށްދާނީ ޑިސެމްބަރ 25 އަދި 26 އަށެވެ. މި ހަރަކާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ވިލިމާލޭގައެވެ.

މި ވޯކްޝޮޕް ގެ އަމާޒަކީ ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތާ އަދި ނަމާދާ ގުޅުންހުރި އެހެނިހެން ބައެއް ޙުކުމްތައް ކުދިންނަށް ދަސްކޮށްދީ އަށަގެންނެވުމަށް މަސައްކަތް ކުރުން ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.

މި ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް Jއެސްއެމްއެސް ކުރަން ޖެހެނީ 7341781 ނަންބަރަށެވެ. އަދީ މި އިވެންޓާބެހޭ އިތުރު މައުލޫމާތު www.peace.mv/sujoodއިން  ލިބޭނެއެވެ

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑޭޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ.

- ކޮމެންޓް