ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 20:54
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ
ޕީޕަލް މެގަޒިން
ޝަހުދީގެ ގޮނޑި
މެންބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިކޮށް ގޮނޑި ގެއްލުވާލަނީ
ޝަހުދީ ޕީޕީއެމް އިން ވަކިކޮށްފައިވަނީ ހޯމަ ދުވަހު
ދަފްތަރުން ނަން އުނިކުރުމަށް އިލެކްޝަނަށް ފޮނުވާފައި
ޝަހުދީއާއި މުހައްމާ ވަކިކުރަން ފޮނުވިއިރު 10 މެންބަރެއްގެ ގޮނޑި ގެއްލުވާލާފައި

ވެރިކަން ކުރާ ޕީޕީއެމްގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ވެސް ވަކިކޮށްފި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ގޮތުގައި ޝަހުދީ ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ނިންމީ ހޯމަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ޕާޓީގެ މެންބަރުންގެ ދަފްތަރުން ޝަހުދީގެ ނަން އުނިކުރުމަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.

ޕީޕީއެމްގެ ދަފްތަރުން ޝަހުދީގެ ނަން އުނިކުރުމަށް ފޮނުވިއިރު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ(މުހައްމާ) ވެސް އެޕާޓީން ވަކިކޮށް ދަފްތަރުން ނަން އުނިކުރުމަށް ވަނީ ފޮނުވާފަ އެވެ.

ޕާޓީން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ ދަށުން މިހާތަނަށް 10 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނަމުންދާ ގޮތުގައި، ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމުގެ ސަބަބުން، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނުއާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ މެންބަރުކަމުގެ ގޮނޑި ވަނީ ގެއްލިފަ އެވެ.

މި މެންބަރުންތައް ޕީޕީއެމްއިން ވަކިކޮށްފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތްކޮށް، ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި މި މެންބަރުންތައް ވެސް ސޮއިކުރައްވާފައި ވެއެވެ. ޕެޓިޝަނުގައި ކުރެއްވި ސޮއި އަނބުރާ ނެންގެވުމަށް ޕީޕީއެމުން އެ މެންބަރުންނަށް އެންގި އެވެ. ނަމަވެސް ކުރެއްވި ސޮއި އަނބުރާ ނަގާފައިނުވެ އެވެ.

ޚިޔާލުތަފާތުންތަކުގެ ތެރޭގައި ޕީޕީއެމުން ވަކިވި މެންބަރުންގެ ތެރޭގައި ވެސް މި 10 މެންބަރުންނާއި ޝަހުދީއާއި މުހައްމާ ހިމެނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް