ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 20:14
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ކުރިން ހުންނެވި ގ.އަތަ ޔޫސުފް މާނިޢު މުޙައްމަދު
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ކުރިން ހުންނެވި ގ.އަތަ ޔޫސުފް މާނިޢު މުޙައްމަދު
ރައީސް އޮފީސް ޓްވިޓާ
އެންއައިސީ
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
މާނިއު މަގާމުން ވަކިކޮށްފައި މިވަނީ އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވުމުން
މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުއްވާލައްވާފައިވަނީ، މި އަންނަ ޑިސެންބަރު މަހުގެ 6 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާރަ ދުވަހު ހުޅުވާލައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ގ.އަތަ ޔޫސުފް މާނިޢު މުޙައްމަދު އެ ކޮމިޝަނުގެ ރައީސްކަމުންނާއި މެމްބަރުކަމުން ވަކިކުރައްވާފައިވާތީއެވެ.

މާނިއު މަގާމުން ވަކިކޮށްފައި މިވަނީ އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވެފައި ވަނިކޮށް މިމަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ،  ހުސްވެފައިވާ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދުންފެށިގެން ހުޅުއްވާލާކަމަށެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން، މިފުރުޞަތު ހުޅުއްވާލައިފައި ވަނީ، މި އަންނަ ޑިސެންބަރު މަހުގެ 6 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފު ކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް