ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 18:21
ޝަފާއު: މިހާރު ވަނީ މަޤާމުން ވަކިކޮށްފައި
ޝަފާއު: މިހާރު ވަނީ މަޤާމުން ވަކިކޮށްފައި
ފޭސްބުކް
އެމްއާރުޑީސީ
އައްޔަނު ކުރިތާ މަހެއް ނުވަނީސް ޝަފާއު އެމްއާރުޑީސީގެ އެމްޑީ ކަމުން ވަކިކޮށްފި
އައްޔަން ކުރީ މިމަހުގެ 7 ވަނަ ދުވަހު
އޭގެ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ނިމާލުވަނީ ޖޫން މަހުގެ 21 ގައި އިސްތިއުފާ ދީފައި
ކުރިން ޝަފާއު ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގައި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް މ.ރިވެލިގެ މުހައްމަދު ޝަފާއު ހަސަން އައްޔަން ކުރިތާ މަހެއްވެސް ނުވަނީސް އެމަޤާމުން އޭނާ ވަކިކޮށްފިއެވެ.

އެކަން ޕްރައިވެޓައިޒޭޝަން ބޯޑުންވެސް ވަނީ ކަށަވަރުކޮށް ދީފައެވެ.

ޝަފާއު މި މަގާމަށް އައްޔަން ކުރެއްވި ކަމަށް އިއުލާން ކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު އަމިއްލަފުޅު ޓްވިޓާގައެވެ. އެއީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

ޝަފާއު އެ މަގާމަށް އައްޔަން ކުރެއްވި އިރު ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ނިމާލުވަނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

އޭގެ ކުރިން އެމްއާރްޑީސީ ހިންގަވަމުން ގެންދެވީ އެކްޓިން މެނޭޖިންގ ޑިރެކްޓަރގެ މަޤާގާމުގައި ހުންނެވި އަހުމަދު މަމްދޫހު އެވެ.

އެމަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަފާއު ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ. އިސްލާމިކް ބޭންކާއި ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައެވެ.

ޝަފާއު އެމަޤާމުން ވަކިކުރެއްވި ނަމަވެސް އަދި މިހާތަނަށް އެމަޤާމަށް ބަދަލުގައޮ މީހަކު އައްޔަން ކުރެއްވިކަން އެނގިފައެއް ނުވެއެވެ.

- ކޮމެންޓް