ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 17:33
އިންޑިއާގައި ކުރިއަށްދާ އެފްބީއައިގެ ތަމްރީން ތަކުގައި ބައިވެރިވާ ދެފުލުހުން
އިންޑިއާގައި ކުރިއަށްދާ އެފްބީއައިގެ ތަމްރީން ތަކުގައި ބައިވެރިވާ ދެފުލުހުން
ޕޮލިސް
ފުލުހުން
އެފްބީއައިގެ ތަމްރީން ތަކެއްގައި ދެ ފުލުހަކު ބައިވެރިވަނީ
މި ތަމްރީންތައް އޮންނަނީ އިންޑިޔާގައި މިމަހުގެ 27ން 5 ދުވަހަށް
މިއީ ބޮމުގެ ހާދިޘާއަކަށްފަހު ސަރަހައްދު މެނޭޖް ކުރަން ދަސްކޮށްދޭ ތަމްރީން ތަކެއް

އެފްބީއައިގެ ފަރާތުން އިންޑިއާގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ދިވެހި ދެ ފުލުހަކު ދަނީ ބައިވެރިވަމުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިންޑިއާގައި މި ނޮވެމްބަރު މަހުގެ 27 ން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ދެ ފުލުހުންނަކީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު އަޒްމަތު ޢަބްދުﷲ އާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް މަޢުރޫފް ކަމަށެވެ.

ފުލުހުންގެ އިދާރާއިން ބުނީ "އެފްބީއައި ލާޖް ވެހިކަލް ބޮމް ޕޯސްޓް ބްލާސްޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ބޮމުގެ ހާދިޘާއަކަށްފަހު ތަންފީޒީ އިދާރާތައް ގުޅިގެން އެހާދިޘާ ހިނގާފައިވާ ސަރަޙައްދު ނުވަތަ ކްރައިމް ސީން މެނޭޖްކުރާނެ ގޮތްތައް ކިޔަވައިދީ އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް