ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 13:46
އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ނިޔާޒް ވާހަކަ ދައްކަވަނީ:-
އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ނިޔާޒް ވާހަކަ ދައްކަވަނީ:-
ރާއްޖެއެމްވީ
އަލީ ނިޔާޒް
މީހުން ދިރިއުޅޭ ރަށްތައް ފަޅުކޮށްގެން ތަރައްޤީ ހޯދަން ދިވެހިން ބޭނުމެއް ނުވޭ: ނިޔާޒު
ސަރުކާރުގެ މަރުކަޒީ ސިޔާސަތުތަކަށް ރައްޔިތުން ތާއީދެއް ނުކުރޭ
ބޮޑެތި އަދަދު ތަކުން ލޯނު ނަގަނީ އެންމެ ފައިދާ ހުރި ގޮތަކަށްނޫން

ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ފަޅުކޮށްގެން ތަރައްޤީ ހޯދަން ނޫން ކަމަށާއި، ރާއްޖޭގެ ރައްޔިތުން މިއަދު އެދެނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ހޯމަދުވަހުގެ ރޭ ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީ އާއި ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކެމްޕޭންކުރީ ލާމަރުކަޒީ ނިޒާމް ބާރުވެރި ކުރުވުމަށް ކަމަށެވެ. އަދި ސަރުކާރުގެ މަރުކަޒީ ސިޔާސަތުތަކަށް ރައްޔިތުން ތާއީދު ނުކުރާކަން ކައުންސިލް އިންތިޚާބުގައި ފެނިގެން ދިޔަކަމަށާއި ރައްޔިތުން އެދެނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީ ކުރުމަށްކަން ސާފުކޮށް އެނގިގެން ދިޔަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ވަކިން ޙާއްސަކޮށް ދަރަނީގެ ބޮޑު މިންވަރެއް ވަކި ޤައުމަކަށް ނިސްބަތްވުމާ ގުޅިގެން އަލީ ނިޔާޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"މިއީ ޤައުމު ދަރަނިކުރުމުގެ ތާޖު އަޅުއްވައިގެން އެކަން އެއީ މޮޅު ކަމެއް ކަމުގައި ދައްކައި އެކަން އެއީ ޒުވާނުންނަށް އޮތް ރަނގަޅު ކަމެއްގެ ގޮތުގައި ދައްކައި ވަލިއްޔުލް އަމްރު ވިދާޅުވާ ދުވަސްވަރު" އޭނާ ވިދާޅުވި އެވެ.

ދައުލަތުން ތަރައްޤީގެ ނަމުގައި ނަގަމުންދާ ލޯންތަކަކީ ވިޔަފާރީގެ އުސޫލުން ނަގާ ލޯންކަމަށާއި އެއީ ރަނގަޅު އުސޫލެއް ނޫން ކަމުގައި ފާހަގަ ކުރެއްވި އެވެ. އެގޮތުން ތަރައްޤީޤެ މަޝްރޫޢުތައް ކަމަށް ބުނެ ވިޔަފާރީގެ އުސޫލުން %13-12 ގެ އިންޓަރެސްޓުގެ ލޯނު ނަގައި އަނބުރާ ލޯނު ދައްކަން ޖެހޭ މުއްދަތުވެސް ކުރުވުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ވެސް އަލީ ނިޒާޒް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ބޮޑެތި ލޯނު ނަގައިގެން ސަރުކާރުން ކުރަމުންގެންދާ ކަމަކީ މާލެ ތޮއްޖެއްސުން ކަމަށާއި އެއީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް