ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 13:33
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
ހާއްސަ ހުއްދައެއްގެ ދަށުން ގާސިމް ޖަރުމަންވިލާތަށް ވަޑައިގެންފި
ގާސިމް ސިންގަޕޫރުގައި ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދެވީ ވަރަށް ބޮޑެތި ދަތިތަކާއެކު
ގާސިމް ޖަރުމަނަށް ވަޑައިގަތީ ސިންގަޕޫރުގެ ޑޮކްޓަރުންގެ ލަފާގެ މަތިން
ގާސިމް އަކީ ޒަމާނުއްސުރެ ޖަރުމަނުން ބޭސްފަރުވާ ކުރައްވާ ބޭފުޅެއް

ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަރުމަނުވިލާތުގެ ސަރުކާރުގެ ހާއްސަ ހުއްދައަކާއެކު އެގައުމަށް ވަޑައިގެންފައިވާ ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ. 

ގާސިމްގެ ވަކީލުންގެ ޓީމުން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޤާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންތައްތައް ޒަމާނުއްސުރެ ކުރިއަށް ގެންދަވާފައިވަނީ ޖަރުމަނުވިލާތުން ކަމަށެވެ. 

ހަމައެހެންމެ ސިންގަޕޫރުގައި އެމަނިކުފާނަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ޖަރުމަނުވިލާތުގައި ހުންނަވާ އެމަނިކުފާނުގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތައްތައް މިހާރު ކުރިއަށް ގެންދަވަމުން ދަނީ ޖަރުމަނުވިލާތުގައި ކަމަށް ގާސިމްގެ ވަކީލުން ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޤާސިމް އިބްރާހިމް ޖަރުމަނުވިލާތުގައި މިވަގުތު ހުންނެވީ ބޭސްފަރުވާ ކުރެއްވުމަށް އެޤައުމުގެ ސަރުކާރުން އިންސާނިއްޔަތަށްޓަކައި ދެއްވި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. 

މީގެއިތުރުން ގާސިމްގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޤާސިމް ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިޔުމަންޓް އެސަރވިސްގެ ފަރާތުން އެންމެ ފަހުން އައު ކޮށްދީފައިވަނީ 2 އޮކްޓޯބަރު 2017 ދުވަހުގެ ނިޔަލަށެވެ.

އަދި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިޔުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް އެމަނިކުފާނަށް ކުރިޔަށް ގެންދަވަން ޖެހިވަޑައިގަތީ އެޤައުމުގެ ސަރުކާރުން ދިން ހާއްސަ ވިސާއެއްގެ ދަށުން ނުހަނު ދަތި އުނދަގުލުގައި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް