ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 14:32
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު
މިހާރު
އާސާރީތަރިކަ ހިމާޔަތް ކުރުން
ސަރުކާރުތަކަށް ބަރޯސާނުވެ، ގާނޫނުއަސާސީގައި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ލިޔުން މުހިއްމު: މެމްބަރު ފައްޔާޒު
ބިހުރޯޒު މިސްކިތް ހުރިތާ 12 ބުރީގެ އިމާރާތެއް
ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭ އެއް
ކަޅުވަކަރު މިސްކިތް ނެގުމަށްފަހު، ވީތަނެއް އެނގޭކަށް ނެތް

ރާއްޖޭގައި ވެރިކަން ކުރާ ސަރުކާރުތަކަށް ބަރޯސާނުވެ، ރާއްޖޭގެ އާސާރީ ތަންތަން ހިމަނާ، ހިމާޔަތް ކުރުމަށް ގާނޫނުއަސާސީގައި ލިޔުން ވަރަށް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އާސާރީ ބިނާތައް ވަރަށް މަދު ކަމަށެވެ. އަދި އެތަންތަން ހިމާޔަތް ކުރުމަށް ސަރުކާރެއްގެ މައްޗަށް ބަރޯސާވުން ބުއްދިވެރި ނޫން ކަމަށެވެ. 

މީގެއިތުރުން ފައްޔާޒު ވިދާޅުވީ ގާނޫނުއަސާސީ އެތަންތަން ލިޔެ، ހިމާޔަތް ކުރުން ނޫންގޮތެއް ނެތް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމޭއިރު، ސަލާމަތުން މާގިނަ ބިނާތަކެއް ހުންނާނެ ކަމަށް ހީނުވާ ކަމަށެވެ.

 

ފައްޔާޒު އެގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ ތާރީހީ އަދި އާސާރީ ބިނާއެއް ކަމަށްވާ ބިހުރޯޒް މިސްކިތް ހުރި ބިމާ، މަސްޖިދުލް އާދިލްގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފަ އެވެ. 

މީގެއިތުރުން، ރާއްޖޭގައިހުރި އެންމެ ތާރީހީ އަދި އާސާރީ، މީގެއިތުރުން ދިވެހި ކާބަފައިންގެ ފަންނުވެރިކަން ދައްކުވައިދޭ ރާއްޖޭ ފުރަތަމަ މަކުތަބު ކަމުގައިވާ ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭއެއް ހުޅުވާ ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތެއް ހޯދުމަށް އިއުލާން ކޮށްފައިވެ އެވެ. 

ނަމަވެސް އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ފާޅުކުރަމުން ދަނިކޮށް ސަރުކާރުން ވަނީ އެއިއުލާން ބާތިލްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއިއުލާން ބާތިލުކުރީ އަލުން ދިރާސާ ކުރުމަށް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް