ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 14:28
ބިހުރޯޒް މިސްކިތް: މިވަގުތު ހުރީ ޓިނުޖަހާ ބަންދުކޮށްފަ
ބިހުރޯޒް މިސްކިތް: މިވަގުތު ހުރީ ޓިނުޖަހާ ބަންދުކޮށްފަ
ގޫގުލް
ރައީސް މައުމޫނު
މިނިސްޓަރުން ވިދާޅުވާ އެއްޗަކާއި ބަޖެޓްގައިވާ އެއްޗެއް ދިމަލެއްނުވޭ، އޮޅުން ފިލުވާ ދެއްވާ: ރައީސް މައުމޫން
ބަޖެޓްގައި 12 ބުރީގެ ދެ މިސްކިތް އިމާރާތް ކުރުމަށް ހިމަނާފައިވޭ
އިސްލާމިކް މިނިސްޓަރު ވިދާޅުވަނީ ބިހުރޯޒް މިސްކިތް ހުރިތާ 12 ބުރީގެ އިމާރާތެއް އެޅުމަށް ނިންމާފައި ނުވާކަމަށް
ފިނޭންސް މިނިސްޓަރު ވިދާޅުވަނީ 12 ބުރީގެ މަލްޓިޕާޕަސް އިމާރާތް އެޅުމަށް ނިންމާފައިވާ ކަމަށް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މިނިސްޓަރުން ވިދާޅުވާ އެއްޗަކާއި ބަޖެޓްގައިވާ އެއްޗެއް ދިމާނުވާ ކަމަށާއި އޮޅުން ފިލުވައި ދެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި އެގޮތަށް ގޮވާލައްވާފައި މިވަނީ ބިހުރޯޒް މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އެޅުމަށް އެއްވެސް އިރެއްގައި މަޝްވަރާ ކުރައްވާފައި ނުވާކަމަށާއި އެއީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

އެވާހަކަ ދައްކާ ފަރާތްތަކުން އެވާހަކަ ދައްކަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާ މަގުފުރައްދަން ކަމަށް ޒިޔާދު ވިދާޅުވިއިރު، ބިހުރޯޒު މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އަޅާ ވާހަކަ ދެއްކެވީ ޒިޔާދުވެސް ހިމެނިވަޑައިގަންނަވާ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. މުނައްވަރު އެގޮތަށް ވިދާޅުވީ ވެސް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ. 

ބާރަ ބުރީގެ މަޕްޓިޕާޕަސް ދެ އިމާރާތް އެޅުމަށް ސަރުކާރުން ނިންމާފައި ވަނީ ބިހުރޯޒް މިސްކިތާއި މަސްޖިދުލް އާދިލް ހުރި ބިމުގަ އެވެ.

ބަޖެޓް ދިރާސާކުރި ކޮމެޓީގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވަނީ މުޅިން އާ ކޮންސެޕްޓްތަކަށް މިސަރުކާރުން މިސްކިތްތައް އިމާރާތް ކުރަމުންދާ ކަމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް