ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 12:35
ކުރީގެ ރައީސް މައުމޫން
ކުރީގެ ރައީސް މައުމޫން
ޓްވިޓަރ
ރައީސް މައުމޫނު
ރައީސް މައުމޫން މާލެ ވަޑައިގަންނަވައިފި
ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމާ މެދު ރައީސް މައުމޫނުގެ ސްޓޭންޑް އަދި ހާމައެއް ނުކުރައްވާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ހޯމަ ދުވަހުގެ ރޭ މާލެ ވަޑައިގަންނަވއިފި އެެވެ.

ރައީސް މައުމޫން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ސިންގަޕޫރަށް ވަޑައިގެންނެވީ އަމިއްލުފުޅު ދަތުރުފުޅެއްގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމްއާއެކުގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެއެެވެ.

ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވި އިރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ހުންނެވީ ސިންގަޕޫރުގައެވެ. މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސް ފަރުވާއަށެވެ. 

ރައީސް މައުމޫން ކުއްލި ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި އިރު އިދިކޮޅު ފަރާތްތަކުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް އައިއިރު އެމްޑީޕީ އާއި އަދާލަތުން ވަނީ އެކަން ކަމަށް ތާއީދުކޮށް އެކަން އިއުލާނު ކޮށްފައެވެ. ޖޭޕީންނާއި ރައީސް މައުމޫނު އަދި ވަކި ގޮތެއް ހާމައެއް ނުކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް