ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 10:58
އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު
އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު
މުހައްމަދު ފަޒީން
ބިހުރޯޒު މިސްކިތް
ބިހުރޯޒް މިސްކިތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރާއި ފިނޭންސް މިނިސްޓަރު ދައްކަވާ ވާހަކަތައް ދިމަލެއް ނުވި!
އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވަނީ ބިހުރޯޒް މިސްކިތުގައި 12 ބުރީގެ އިމާރާތެއް އެޅުމަށް ނިންމާފައި ނުވާ ކަމަށް
ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާލުވަނީ ބިހުރޯޒް މިސްކިތުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް
ޒިޔާދު ވިދާޅުވީ އެއީ ފިތުނަ އުފެއްދުމަށް ދައްކާ ވާހަކައެއް ކަމަށް

ބިހުރޯޒް ކަމަނާ މިސްކިތް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނިކޮށް، އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ. 

ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލާ 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށް ބުނެ ދައްކަނީ ހަގީގަތެއްނެތް  ދޮގުވާހަކަ ތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. 

"ބިހުރޯޒު މިސްކިތުގެ ގޯތި ތެރޭގައި ހިޔާކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. މިއީކީ މިސްކިތް ތަޅާލާ، މިސްކިތް ހުރިތަނުގައި 12 ބުރީގެ އިމާރާތެއް އަޅާ ނުވަތަ ބޮޑު ތަކުރުފާނުގެ ގަބުރު ނަގާ، އެހެންތަނަކަށް ބަދަލުކުރަން ކުރާކަމެއް ނޫން. އެފަދަ ކަމެއްކުރާކަން އެއްވެސް އިރެއްގައި ވާހަކަވެސް ދެކެވުނީކީ ނޫން. އެއްވެސް މީޑިއާއަކަށް މައުމޫލާތެއްވެސް ދިނީކީ ނޫން. މިއީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް ފަތުރާ ވާހަކައެއް،" އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު ވިދާޅުވި އެވެ.

އެވާހަކަ ދައްކާ ފަރާތްތަކުން އެވާހަކަ ދައްކަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާޢި މަގުފުރައްދަން ކަމަށް ޒިޔާދު ވިދާޅުވިއިރު، ބިހުރޯޒު މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އަޅާ ވާހަކަ ދެއްކެވީ ޒިޔާދުވެސް ހިމެނިވަޑައިގަންނަވާ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. މުނައްވަރު އެގޮތަށް ވިދާޅުވީ ވެސް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން ނެވެ. 

"ބައެއް ބޭފުޅުންނަށް މިސްކިތްތައް އަޅުގަނޑުމެން އިތުރަށް އަޅާތީ ވެސް އެބަ ކަންބޮޑުވޭ. އަޅުގަނޑުމެން މިހާރު މިސްކިތްތައް އަޅަމުންދަނީ ވެސް އާ ކޮންސެޕްޓްތަކަށް. އެހެންސަރުކާރުތަކަށް މިސްކިތްތައް ވެސް އެޅިފަ ނެތީ، އެހެންނޫންތޯ. މިސަރުކާރުން މިހާރު ވެސް އެތައް މިސްކިތްތަކެއް ވަނީ އަޅައިނިންމާފައި. 40 އަށް ވުރެ ވެސް ގިނަ މިސްކިތް މިހާރު ވެސް ވަނީ ނިމިފައި. އަދި އިތުރު މިސްކިތްތަކެއް އަންނަ އަހަރުގެ ތެރޭގައި އާ ކޮންސެޕްޓްތަކަށް އެޅިގެންދާނެ،" ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

ބިހުރޯޒު މިސްކިތާއި މަސްޖިދުލް އާދިލްގައި 12 ބުރި މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ނިންމާ އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވަނީ ހިމަނާފައި ވެއެވެ.

ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތި ތެރޭގައި މުހައްމަދު ތަކުރުފާނާއި އެތަކުރުފާނުގެ އާއިލާގެ ބައެއް ބޭފުޅުންގެ ގަބުރުތައް ފަސްދާނު ލެވިފައި ވެއެވެ.
 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 ނޮވެންބަރ 2017 | އަންގާރަ 15:36
އޮޅުންބޮޅުން
ތިތަނުން އެކަކުގު މަގާމުގެއްލެން ކާރިވަނީ
28 ނޮވެންބަރ 2017 | އަންގާރަ 13:24
އަހައްމާ
މިހާރު ފިތުނަ ފަސާދަ އުފައްދާ މީހުން އިސްލާމިކް މިނިސްޓަރަށް ނޭގުނަސް ރައީސް އެބައެގޭ އެއީ ފިނޭންސް މިނިސްޓަރ ބަޖެޓް ކޮމެޓީގައި ދެއްކި ވާހަކަކަން.، މިހެންވީމާ މިބުނަނީ އެބަހީ އެބައި މީހުން އަމިއްލައަށް ހަލާކުވެގެން އެދަނީ މަގާމާއި ފައިސާގެ ސަބަބުންނެވެ.