ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 01:20
މެންބަރު އާޒިމް: 2018 ގައި މެންބަރުން ކެމްޕެއިން ކުރައްވަނިކޮށް ރައީސް ޔާމީން ޤައުމު ދޫކުރައްވާ ފިއްލަވާނެކަމަށް ވިދާޅުވި
މެންބަރު އާޒިމް: 2018 ގައި މެންބަރުން ކެމްޕެއިން ކުރައްވަނިކޮށް ރައީސް ޔާމީން ޤައުމު ދޫކުރައްވާ ފިއްލަވާނެކަމަށް ވިދާޅުވި
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
އަންނަ އަހަރު މަޖިލީހުގެ 3 ޖަލްސާއަށްވުރެ ގިނައިން ބާއްވާނެ ކަމަކަށް ނުބެލެވޭ: އާޒިމް
3 ޖަލްސާއަށްފަހު އުޅުެއްވާނީ ކެމްޕެއިން މަސައްކަތުގައި: އާޒިމް
މެންބަރުން ކެމްޕެއިން ކުރައްވަނިކޮށް ރައީސް ޔާމީން ޤައުމު ދޫކުރައްވާ ފިއްލަވާނެ: އާޒިމް
އަންނަ ދައުރުގައި އިތުރު މެންބަރުން ސަރުކާރާއި ދެކޮޅަށް ނުކުންނާނެ: އާޒިމް

2018 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި 3 ޖަލްސާއަށްވުރެ ގިނައިން ޖަލްސާ ބާއްވަފާނެކަމަށް ޤަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި މަޖިލީހުގެ 3 ޖަލްސާ ބޭއްވުމަށްފަހު ދެން ޖަލްސާއެއް ބާއްވަފާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، އޭގެ ފަހުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު އާއި ޕީޕީއެމްގެ މެންބަރުން އުޅުއްވާނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކަމަށެވެ. އާޒިމް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެ ދޫކުރައްވާ ފިއްލަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"އޯޕަނިންގ ސެރަމަނީ ބާއްވާނެ. އަޅުގަނޑުމެންގެ މިއަންނަ ދައުރު ހުޅުވުން އޮންނާނެ އަނެއްކާވެސް ދަރުބާރުގޭގަ އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ. އަޅުގަނޑު ބަލާނަން އެދުހު ދެވޭތޯ...އެހެން ނަމަވެސް އަޅުގަނޑުމެން ޕާޓީން ނިންމާ ގޮތަކަށް. އެއަށްފަހު، އެކެއް، ދޭއް، ތިން ޖަލްސާއަށްފަހު އަޅުގަނޑު ޤަބޫލެއް ނުކުރަން ދެން ޖަލްސާއެއް ރައްޔިތުންގެ މަޖިލީހުގަ ބާއްވާނެ ކަމަކަށް. މަސީހުއަށްވެސް ފަސޭހަތާ ދެއްތޯ. ޖަލްސާއެއް ނުބާއްވާ، ކެމްޕެއިންގެ މަސައްކަތުގައި އެ މެންބަރުންތައް ހޭބޯނާރާ އުޅެނިކޮށް، ރައީސް ޔާމީން ފިލައިގެން ދާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ އިނގޭތޯ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާތަކަށް ސަރުކާރުން ހުރަސް އަޅާނެކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ ކުރިއަށް އޮތް ދައުރުގައި މަޖިލީހުގައި ސަރުކާރަށް އޮތް ތާޢީދު އިތުރަށް ހަނިވެގެން ދިއުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައިވެސް މަޖިލީހުގެ އިތުރު ބައެއް މެންބަރުން "ސަރުކާރަށް ފާރަވެރިވާ، ސަރުކާރުން ކަން ކުރާގޮތް ކަމު ނުދެޔޭ ބުނާ" ފަރާތްތަކާއި ގުޅޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މަޖިލިސް ހުޅުވުމަށާއި، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ އަންނަ އަހަރުވެސް ބާއްވާނެކަމަށް ޤަބޫލުކުރެއްވެނީ ދަރުބާރުގޭގައި ކަމަށާއި، އެގޮތަށް ޖަލްސާ ބާއްވަވަނީ ސަރުކާރުގެ ހައިބަތު ދެއްކެވެމުގެ ބޭނުމުގައި ކަމަށެވެ.

"ކޮންމެސް ގޮތަކުން ރައީސް ޔާމީން ގޮސް އެބަ ޤައުމާ މުހާތަބު ކުރާކަން އެބަ ދައްކަން ޖެހޭ. އަޅުގަނޑުމެން އިދިކޮޅު ނުހަދާކަން ބޭރު ކޮމިއުނިޓީތަކަށް ދައްކަންޖެހޭ. ބޭރުގެ ބޭފުޅުން ގެނެސް ޓައީ އަޅުވާފަ ކުރިމަތީ ބައިންދަން ޖެހޭ. މި ޤައުމަށް އަންނާނެ ބޭރުގެ އިސް ފަރާތެއް ވަނީކީ ނޫން. ރައީސް ޔާމީނަށް ދައުވަތުދޭ ފަރާތެއް ވަނީކީ ނޫން. އެހެންވީމަ އެބަޖެހޭ ބޭރުގެ ކޮމިއުނިޓީއަށް ދައްކަން މި ވަރަށް ރަނގަޅު މޮޅު ސަރުކާރެކޭ. ރައީސް ޔާމީނަކީ ވަރަށް ވަރުގަދަ މީހެކޭ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ފައިދާވާނެ، ރަނގަޅު އެޖެންޑާއަކާއިއެކު މަސައްކަތް ނުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް