ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 01:22
ފުލުހުން ފަރުހާން ހައްޔަރުކޮށްގެން ގެންދަނީ
ފުލުހުން ފަރުހާން ހައްޔަރުކޮށްގެން ގެންދަނީ
އައްޑޫ ލައިވް
ފަރުހާންގެ ޝަރީޢަތް
އަނިޔާވެރިކަމާ ދެކޮޅަށް އައްޑޫގައި ދުޢާކުރި ފަރުހާނަށް ޙުކުމް ކުރަނީ
ހުކުމް ކުރުން އޮތީ އަންގާރަ ދުވަހު މެންދުރު ފަހު 2:15 ގައި
ފަރުހާން ހައްޔަރު ކުރީ އޯގަސްޓް، 12، 2016 ގައި

އައްޑޫގައި ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމާ ދެކޮޅަށް ދުއާކޮށްގެން ހައްޔަރުކުރި އަހުމަދު ފަރްހާން (ފަރާ) ގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން އަންގާރަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:15 އަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ.

އޯގަސްޓް، 12، 2016 ގައި ފުލުހުން ފަރާ ހައްޔަރު ކުރީ ހިތަދޫ ފަޒާ މިސްކިތުގައި ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓައެވެ.

ފަރާގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ދައުވާ ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް