ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 17:29
ކ މާފުށި: ފަތުރުވެރިަކު މިއަދު ވަނީ މަރުވެފައި
ކ މާފުށި: ފަތުރުވެރިަކު މިއަދު ވަނީ މަރުވެފައި
ގޫގުލް
ފަތުރުވެރިއަކު މަރުވުން
މާފުށީގައި މޫދަށްގޮސް އުޅެނިކޮށް ފަތުރުވެރިއަކު މަރުވެއްޖެ
މަރުވީ ޗައިނާގެ އަންހެނެއް
މަރުވި ސަބަބު ފުލުހުން ދަނީ ތަހުގީގް ކުރަމުން
ކައުންސިލުން ބުނީ މަރުވީ ފިޓް ޖެހިގެން ކަމަށް ބަލެވޭ ކަމުގައި

ކ. މާފުށީގައި ހޯމަ ދުވަހު ހެނދުނު މޫދަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

 

ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. މާފުށީގައި މަރުވެފައި ވަނީ 58 އަހަރުގެ ޗައިނާ އަންހެނެކެވެ.


ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ 11:28 ގައި ކަމަށެވެ.
 

މާފުށީ ކައުންސިލް އިން ބުނެފައިވަނީ އެ އަންހެން މީހާ މަރުވީ ފިޓު ޖެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އަދި ވަކިއެއްޗެއް ދަންނަވަން ނޭނގޭ ކަމަށާއި ބަލަމުންދާ ކަމަށެވެ.
 

އެ އަންހެން މީހާ މަރުވެފައި ވަނީ މާފުށީ ކައިރީގައި އޮންނަ ޓާޓަލް ރީފް ކިޔާ ފަރެއް ކައިރި އަށް ގޮސް އުޅެނިކޮށް ކަމަށް ކައުންސިލް އިން ބުނެއެވެއެ އަންހެން މީހާ ހުރީ ލައިފް ޖެކެޓް އަޅައިގެން ކަމަށާއި ކައިރީގައި ގައިޑް އާއި އެ އަންހެން މީހާގެ ދަރިފުޅު ވެސް ހުރި ކަމަށް ކައުންސިލުން ބުނެއެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް