ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 15:53
ޑރ. ޝަހީމް އާއި އިސްލާމިކް މިނިސްޓަރު ޒިޔާދު ބައްދަލު ކުރައްވަނީ:-
ޑރ. ޝަހީމް އާއި އިސްލާމިކް މިނިސްޓަރު ޒިޔާދު ބައްދަލު ކުރައްވަނީ:-
ޓްވިޓަރ
ޑރ.ޝަހީމް
އަމިއްލަ ގެދޮރުން ނެރެލީމަ އެހެން ތަނަކުން ހިޔާވަހިކަން ހޯދުމަކީ މައްސަލައެއް ނޫން: ޝަހީމް
ޝަހީމް ބަހުގެ ހަމަލާ ނުސީދާ ގޮތުން ދެއްވީ އަދާލަތު ޕާޓީގެ އިސްވެރިންނަށް
ޝަހީމަށް ރައްދު ދެއްވީ އަދާލަތު ޕާޓީގެ ނައިބު ރައީސް

އަދާލަތު ޕާޓީގެ ކުރީގެ މެމްބަރު، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއަށް ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ.ޝަހީމް ކުރެއްވި ޓޫވީޓެއްގައި ވިދާޅުވީ " އެގޭގެ ބައެއް އަހުލުވެރިން ކުޑަ ކުއްޖާ އެއްލައިލީމަ އޭނާ ގޮސް އެހެން ތަނަކުން ހިޔާވަހިކަން ހޯދުމަކީ އެ ކުއްޖާގެ ކުށެއް ނޫން" ކަމަށެވެ. . ބެލެވޭ ގޮތުގައި ޝަހީމް އާދިއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި އިޝާރާތް ކުރައްވާފައި ވަނީ އޭނާ އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވި ވަކިވެވަޑައިގަތުމަށެވެ. އަދި އަދާލަތުޕާޓީން އޭނާ ވަކިކޮށްލީ ކަމަށް އެޓްވީޓުން ދޭހަވެއެވެ. 

މި ޓޫވީޓާ ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ޝަހީމަށް ރައްދު ދެއްވައިފަ އެވެ. އަލީ ޒާހިރު ކުރެއްވި ޓުވީޓުގައި އަދިވެސް އަދާލަތު ޕާޓީން ޝަހީމަށް ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޝަހީމް ޕާޓީން ނެރެ އެއްލާލީ ނޫން ކަމަށާއި ޕާޓީން ވަކިވެގެން ދިޔައީ ކަމަށް އެ ޓޫވީޓުން ދޭހަވެ އެވެ.

އަލީ ޒާހިރު ވިދާޅުވީ ކުއްޖަކު އަމިއްލަ ގެ ދޫކޮށްފައި އަމިއްލަ އިހްތިޔާރުގައި ދިއުމާއި ގެއިން ގަދަކަމުން ނެރެލުމާ ވަރަށް ތަފާތު ކަމަށާއި ގޭގެ ދޮރު އަބަދުވެސް ހުޅުވިފައިވާ ކަމަށެވެ.

މި ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.ޝަހީމް އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންނެވި ފަހުން އޭނާގެ އަނބިކަނބަލުން ވަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އަދި ފަހަކަށް އައިސް ޕީޕީއެމް އިން ބޭއްވި ޖަލްސާތަކުގައި ވެސް ޝަހީމް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ނުސީދާ ގޮތުން އަދާލަތު ޕާޓީއަށް ނިސްބަތްކުރައްވާ ބަހުގެ ހަމަލާދެއްވާފައި މި ވަނީ އެކަމާގުޅޭ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 ނޮވެންބަރ 2017 | އަންގާރަ 12:35
އަހުމަދު
ހަބަރުތައް ކިޔާމީހުނައް އެބުނާ އެއްޗެއް ނޭގިގެން އުޅޭހެންހީވޭ އޭނާ ެބުނަނީ އިސްލާމީ މިނިސްޓްރީ އަކީ އޭނާގެ ގެކަމުގަ އެތަނުން ބޭރުކުރިވާހަކަ