ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 17:35
ހައްޖާޖީންތަކެއް ހައްޖަށް ފުރުމަށް ތައްޔާރުވެގެން
ހައްޖާޖީންތަކެއް ހައްޖަށް ފުރުމަށް ތައްޔާރުވެގެން
ހައްޖު ކޯޕަރޭޝަން
އުމްރާއަށް މީހުން ގެންދިއުން
އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އުމްރާއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުން އަންނަ ޑިސެމްބަރުގެ ނިޔަލަށް
ކުރިމަތިލެވޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް
ޕްރޮޕޯސަލްގައި އުމްރާއަށް މީހުން ގެންދިއުމަށް އެދޭ އަދަދު ކަނޑައަޅަންޖެހޭ

ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އެކުލަވާލާފައިވާ އުސޫލު ގައިވާގޮތުގެ މަތިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އެ އުސޫލުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަތުރުތަކުގެ ތެރޭގައި ކުންފުންޏަކީ އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތް ދިނުން ހިމެނޭ ކުންފުންޏަކަށް ވާންޖެހެ އެވެ. މީގެ އިތުރުން 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި ހައްޖަށް ނުވަތަ އުމްރާއަށް ގެންދިއުމުގައި އެއްވެސް ފަރުދެއްގެ އަތުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް ފައިސާ ނަގާފައިވާނަމަ ނުވަތަ އުމްރާއަށް ދާން އެދޭ ފަރާތްތަކުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ސާބިތުވެފައިނުވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އުމްރާއަށް ހުށަހަޅަން ބޭނުންވާ ކޮންމެ ކުންފުންޏަކުންވެސް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ކުންފުނީގެ މައުލޫމާތާއި އުމްރާއަށް މީހުން ގެންދިއުމަށް އެދޭ އަދަދާއި އުމްރާއަށް މީހުން ގެންދިއުމުގައި ކުންފުނިން އަމަލު ކުރާނެ ގޮތުގެ ނުކުތާތައް އެކުލެވޭ، ޕްރޮޕޯސަލެއް ހުށަހަޅަންޖެހޭނެކަން ވެސް  އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރަށް ހުއްދަޔަށް އެދި ހުށަހަޅާ ކުންފުނީގެ ޑައިރެކްޓަރުންނަކީ ހުއްދަޔަށް އެދި ހުށަހަޅާ ދުވަހާ ހަމައަށް ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ކޮށްފައިވާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮޕޯސަލް ހުށަހަޅެމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް