ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 17:02
ހުކުރު މިސްކިތް
ހުކުރު މިސްކިތް
ފާތިމަތު ޝަނާ މުހައްމަދު
ހުކުރު މިސްކިތް
ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރުން ބޮޑު ކަންބޮޑުވުމަކަށް!
ހުކުރު މިސްކިތަކީ މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ މިސްކިތް
ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ވަނީ ހިމެނިފައި
ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރުމަށް ގިނަ ބަޔަކު ދެކޮޅު ހަދާ

ހުކުރު މިސްކިތް ސަރަހައްދު ތަރައްގީކޮށް ކެފޭއެއް އަޅާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރުމުން ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ހިންހަމަނުޖެހުން ފާޅުކޮށްފި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިޔާގައި ކަންބޮޑުވުންތައް ފާޅު ކުރަމުންދާ އިރު، ރާއްޖޭގެ ތާރީހާއި ތަރިކަ ހިމާޔަތް ކުރުމަށް އެފަދަ ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ބައެއް ފަރާތްތަކުން 'ސޭވް ހުކުރު މިސްކިތް" ޓެގް ކުރުމަށް ފަހު، އެފަރާތްތަކުގެ ޝުއޫރުތައް ފާޅު ކުރަމުންދާއިރު އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ދަނީ ހިންހަމަނުޖެހުން ފާޅު ކުރަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހުކުރު މިސްކިތާއި އެ މިިސްކިތުގެ ވަށައިގެން ބާކީ މިހާރު އޮތް ސަރަހައްދަކީ މާލޭގައި ސުންނާފަތި ކޮއްނުލާ އޮތް އާސާރީ ހަމައެކަނި ސަރަހައްދު ކަމަށެވެ. ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުން އެތަން ނެތި ކޮށްލުމާ ދެކޮޅު ކަމަށާއި އެކަން ހުއްޓާލުމަށް އެދޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ، މާލޭ ހުކުރު މިސްކިތް ކައިރީގައި ހުރި މަހާނަތައް ކަމުގައިވާ  ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ މަގްބަރާ އާއި ހުކުރު މިސްކިތް ޑިޒައިން ކުރި އިންޖިނިއަރުންގެ މަހާނަ ގާތައް ތަޅާލައިގެން ނެގުމާއި ދެކޮޅު ކަމަށެވެ.

ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ޓެގް ކުރައްވާ ސުއޫދު ވިދާޅުވީ، ގައުމެއް ދެކެ ލޯބިވުމަކީ ތާރީހީ އަދި އާސާރީ ތަރިކަތައް ތަޅާ ސުންނާފަތި ކުރުންތޯ  ސުވާލު ކުރައްވާފަ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މާލޭގެ އެކި ތަންތަން ހަލާކުކޮށް ސުންނާފަތި ކުރަމުން ދަނީ މާލޭގެ ރައްޔިތުންނަށް ޖެއްސުންކުރުމަށްތޯ ހައުސިންގ މިނިސްޓަރު މުއިއްޒުއާއި ސުވާލު ކުރައްވައިފަ އެވެ. ހުކުރު މިސްކިތު ގޯތިތެރެއިން ބައެއް އުނިކޮށްލުމާއި ދެކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގައި މަސައްކަތް ވެސް ކުރައްވާފައިވާ މުހައްމަދު ތޯރިގު ވިދާޅުވީ، ހުކުރު މިސްކިތް ސަރަހައްދުގައި  އިތުރު އާ ބިލްޑިންގއެއް އެޅުމަކީ، ހުކުރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހަކަށް ވާނެ ކަމަށެވެ.

ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ އިރު އެ ސަރަހައްދު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އާސާރީ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތަކީ މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ މިސްކިތެވެ. ހިރިގަލުން ހަދާފައިވާ މި މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓު ނުވަތަ ވޯލްޑް ހެރިޓޭޖު ލިސްޓަށް އެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއްވެސް މިފާއިތުވެދިޔަ އަހަރުތަކުގައި ކުރެވިފައިވެ އެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ 1658 ވަނަ އަހަރުގައި  އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ.  މި މިސްކިތަށް މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގެ ދުވަސްވަރުގައި ވެސް ބަދަލުތަކެއް ގެނެވިފައިވެ އެވެ. އެގޮތުން ފުރާޅާއި ވަންނަ ދޮރާއްޓަށް ވަނީ އޭރު ބަދަލުތަކެއް ގެނެސްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް