ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 04:48
ބިހުރޯޒް ކަމަނާ މިސްކިތް: މިތަން ތަޅާލައި 12 ބުރީގެ އިމާރާތެއް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައި
ބިހުރޯޒް ކަމަނާ މިސްކިތް: މިތަން ތަޅާލައި 12 ބުރީގެ އިމާރާތެއް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައި
ގޫގުލް
ތާރީޚީ ބިނާތައް
ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ ތަންތަނުގެ ހިމާޔަތުގައި އިހުތިޖާޖަކަށް ނުކުތުމަށް މެންބަރު އަލީ ހުސެއިން ގޮވާލައްވައިފި
އަލީ ހުސެއިން ވިދާޅުވީ، އެތަންތަނުގެ ދިފާއުގައި އަޑު ނުއުފުލައި ތިބުމަކީ އެކަމަށް ރުހިގެން ތިބުންފަދަ ކަމެއްކަމަަށް
ތަރައްގީގެ ނަމުގައި ގައުމިއްޔަތާއި، ގައުމުގެ މުއްސަނދިކަން ސަރުކާރުން ލޫޓުވާލައިފިކަމަށް ވިދާޅުވި

ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ ތަންތަނުގެ ހިމާޔަތުގައި އިހުތިޖާޖަކަށް ނުކުތުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ގޮވާލައްވައިފިއެވެ.

އަލީ ހުސެއިން ހޯމަ ދުވަހު ކުރެއްވި

 ޓްވީޓެއްގައި ވިދާޅުވީ، ހުކުރު މިސްކިތާއި، އަލިރަސްގެފާނުގެ ޒިޔާރަތާއި، ބިހުރޯޒު ކަމަނާ މިސްކިތަކީ ދިވެހި ސަގާފަތާ ތާރީޚް ކަމަށެވެ. އެ ތަންތަނުގެ ހިމާޔަތުގައި އިހުތިޖާޖަށް ނުކުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ، އެތަންތަނުގެ ދިފާއުގައި އަޑު ނުއުފުލުލައި ތިބުމަކީ އެކަމަށް ރުހިގެން ތިބުންފަދަކަމެއްކަމަަށެވެ.

އަލީ ހުސެއިން ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވި، ތަރައްގީގެ ނަމުގައި ގައުމިއްޔަތާއި، ގައުމުގެ މުއްސަނދިކަން ސަރުކާރުން ލޫޓުވާލައިފިކަމަށެވެ.

 

އަލީ ހުސެއިން މި ގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ، ދިވެހި ތާރީޚާއި ސަގާފަތުގެ ތެރޭގައި ހިމެނޭ މިސްކިތްތަކާއި ބައެއް ބިނާތައް ސަރުކާރުން ނަގަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބިހުރޯޒު ކަމަނާ މިސްކިތާއި، މަސްޖިދުލް ސުލްޠާނުލް ޢާދިލް ތަޅާލައި އެތަންތަނުގައި 12 ބުރީގެ މަލްޓިޕާރޕަސް ދެ އިމާރާތް ސަރުކާރުން އެޅުމަށް ވަނީ ނިންމާފައެވެ. ހުކުރު މިސްކިތް ހިމެނޭ ސަރަހައްދަށް ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުގައި ކެފޭއެއް ހެދުމަށް ސަރުކާރުން ނިންމައި އެ ސަރަހައްދު ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. އަދި ހިރިގަލުން ހަދާފައި ހުރި ކަޅުވަކަރު މިސްކިތް ނަގައި، އެތަނުގައި  އައިސް ރިންކެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ އައިސް ރިންކް ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

ރައީސް ޔާމީންގެ ސަރުކާރު އައި ފަހުން ރާއްޖޭގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ ތަންތަން ތަޅާލައި، އަދި ބައެއް ތަންތަން ނަގަމުންދާތީ ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން  ފާޅުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް