ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 16:19
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނު ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވެފަ
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނު ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވެފަ
މިހާރު
ހުކުރު މިސްކިތް
ހުކުރު މިސްކިތް ހުންނަ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީގޮތުން ހެޔޮވާނެކަމެއް ނޫން: ރައީސް މައުމޫން
ހުކުރު މިސްކިތް ހުންނަ ސަރަހައްދަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކަތަކެއް
އެފަދަ ތަންތަން ސަލާމަތްކުރުމަކީ ޤައުމީ ވާޖިބެއް
ސަރުކާރުން ހުކުރު މިސްކިތް ހިމެނޭ ސަރަަހައްދު ތަރައްޤީކޮށް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ 20 އަހަރަށް

ހުކުރު މިސްކިތް ހުންނަ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީގޮތުންނާއި ތާރީހީގޮތުން ހެޔޮވާނެކަމެއް ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުކުރު މިސްކިތް ހުންނަ ސަރަހައްދު ތަރައްޤީކޮށް އެ ތަނުގައި ކެފޭއެއް އެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ހުކުރު މިސްކިތް ހުންނަ ސަރަހައްދަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކަތަކެއް ކަމަށެވެ. އަދި އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.

 

 

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްޤީ ކުރުމަށް ނިންމައި ސަރުކާރުން ކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން މާލޭގެ 114 ނަމްބަރު ކޮށި، ހުކުރު މިސްކިތް ސަރަހައްދު ތަރައްޤީކޮށް ހިންގުމަށް އެގްރިމެންޓް ކުރުމަށް ހަމަޖެހިފައި ވަނީ 20 އަހަރުގެ މުއްދަތަށެވެ. އަދި އެ ސަރަހައްދު ކުއްޔަށް ދޫކުރާއިރު ސަރަހައްދުގައި ކެފޭއެއް ހުންނަން ޖެހޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި އިއުލާންގައި ބުނެފައިވާ ގޮތުން ހުކުރު މިސްކިތް ހިމެނޭ ކޮށި ލޭންޑްސްކޭޕް ކުރަން ޖެހޭނީ ހައުސިން މިނިސްޓްރީންދޭ ކޮންސެޕްޓަކާއި އެއްގޮތަށެވެ.

އިއުލާންގައި އިތުރަށް ބުނެފައިވާގޮތުން ލޭންޑްސްކޭޕިން މަސައްކަތް ކުރިއަށް ގެންދާއިރު ސަރަހައްދުގައި ހިމެނޭ ތާރީޙީ / އާޘާރީ އެއްވެސްބިނާއަކަށް ގެއްލުމެއް ނުލިބޭނެ ގޮތްތައް ބަލަންޖެހެއެވެ.

ހުކުރު މިސްކިތަކީ ރާއްޖޭގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލު ކަމެއް ދެވޭ އެންމެ ބޮޑު އާސާރީ މިސްކިތެވެ. ހުކުރު މިސްކިތަކީ، ރޭނުމަށް ބޭނުންކުރާ އުވަ ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކޮށް، މުޅިން ހިރިގަލުން އިމާރާތްކޮށްފައިވާ ތަނެކެވެ. އިމާރާތުގެ ބޭރާއި އެތެރޭގެ ފާރުތަކުގައި ދިވެހި-އިސްލާމީ ފަންނުވެރިކަން ރަމްޒުކޮށްދޭ ކުރެހުންތައް ކަނޑާނަގާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް