ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 18:38
މާލޭގެ ހުކުރު މިސްކިތް
މާލޭގެ ހުކުރު މިސްކިތް
މިހާރު
ހުކުރު މިސްކިތް
ހުކުރު މިސްކިތް ސަރަހައްދު ތަރައްޤީކުރުމަށް ކަމަށް ބުނެ، އެ ސަރަހައްދު 20 އަހަރަށް ކުއްޔަށްދެނީ
ހުކުރު މިސްކިތް ސަރަހައްދު ތަރައްޤީކޮށް ހިންގުމަށް އެގްރިމެންޓްކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރަށް
އަދި އެ ސަރަހައްދު ކުއްޔަށްދޫކުރާއިރު ސަރަހައްދުގައި ކެފޭއެއް ހުންނަން ޖެހޭނެ ކަމަށް އިއުލާންގައި ބުނެފައިވޭ
އިއުލާންގައި ބުނެފައިވާގޮތުން ހުކުރު މިސްކިތް ހިމެނޭ ކޮށި ލޭންޑްސްކޭޕް ކުރަންޖެހޭނީ ހައުސިން މިނިސްޓްރީންދޭ ކޮންސެޕްޓަކާއި އެއްގޮތަށް

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދަށް ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުގައި ކެފޭއެއް ހެދުމަށް ސަރުކާރުން ނިންމައިފި އެވެ. އެގޮތަށް ނިންމައި، ހައުސިން މިނިސްޓްރީން ވަނީ އެ ސަރަހައްދު ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.

މާބޮޑެތި ތަފްސީލްތަކެއް ނެތް އެ އިއުލާންގައި ބުނެފައިވަނީ 114 ނަންބަރު ކޮށީގެ ބައެއް ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ނޮވެމްބަރ 29 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2017 ޑިސެމްބަރ 06 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އިއުލާންގައި ބުނެފައިވާގޮތުން މާލޭގެ 114 ނަމްބަރު ކޮށި، ހުކުރު މިސްކިތް ސަރަހައްދު ތަރައްޤީކޮށް ހިންގުމަށް އެގްރިމެންޓް ކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރުގެ މުއްދަތަށެވެ. އަދި އެ ސަރަހައްދު ކުއްޔަށްދޫކުރާއިރު ސަރަހައްދުގައި ކެފޭއެއް ހުންނަންޖެހޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި އިއުލާންގައި ބުނެފައިވާ ގޮތުން ހުކުރު މިސްކިތް ހިމެނޭ ކޮށި ލޭންޑްސްކޭޕް ކުރަންޖެހޭނީ ހައުސިން މިނިސްޓްރީންދޭ ކޮންސެޕްޓަކާއި އެއްގޮތަށެވެ.

އިއުލާންގައި އިތުރަށް ބުނެފައިވާގޮތުން ލޭންޑްސްކޭޕިން މަސައްކަތް ކުރިއަށް ގެންދާއިރު ސަރަހައްދުގައި ހިމެނޭ ތާރީޙީ / އާޘާރީ އެއްވެސްބިނާއަކަށް ގެއްލުމެއް ނުލިބޭނެ ގޮތްތައް ބަލަންޖެހެއެވެ..

ހުކުރު މިސްކިތަކީ ރާއްޖޭގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލު ކަމެއް ދެވޭ އެންމެ ބޮޑު އާސާރީ މިސްކިތެވެ. ހުކުރު މިސްކިތަކީ، ރޭނުމަށް ބޭނުންކުރާ އުވަ ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކޮށް، މުޅިން ހިރިގަލުން އިމާރާތްކޮށްފައިވާ ތަނެކެވެ. އިމާރާތުގެ ބޭރާއި އެތެރޭގެ ފާރުތަކުގައި ދިވެހި-އިސްލާމީ ފަންނުވެރިކަން ރަމްޒުކޮށްދޭ ކުރެހުންތައް ކަނޑާނަގާފައިވެ އެވެ.

 ހުކުރު މިސްކިތް ހިމެނޭ ސަރަހައްދަށް ބަދަލުތަކެއް ގެންނައިރު، އާސާރީ ދެ މިސްކިތެއް ތަޅާލުމަށް ފަހު އެ ތަނުގައި ބޮޑެތި އިމާރަތްތަކެއް އެޅުމަށް ވަނީ ބަޖެޓްކޮށްފަ އެވެ. އެއާއެކު ތާރީޙް ރައްކާތެރިކުރާ ފަރާތްތަކުން އަންނަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.

އެކަމާއި ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ހުކުރު މިސްކިތް ސަރަހައްދުގެ މަހާނަތައް ތަޅާލުމަށް ނިންމާފައިވާ ނިންމުމާއި އޭނާ ދެކޮޅު ކަމަށެވެ. އަދި އެތަނުގައި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ މަޤުބަރާއާއި ހުކުރު މިސްކިތް ޑިޒައިންކުރި އިންޖިނިއަރުންގެ މަހާނަ ހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ އަދި ޤައުމު ދެކެ ލޯބިވުމައީ ކޮބައިތޯ ސުވާލު އުފައްދަވައި، އެއީ ތާރީހީ އާސާރީ ތަރިކަތައް ތަޅާ ސުންނާފަތިކޮށްލުންތޯ ވަނީ ސުވާލުކުރައްވާފަ އެވެ.

- ކޮމެންޓް