ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 13:42
އެސްޓީއޯގެ ޕެޓްރޯލް ޝެޑެއްކައިރި މީހުން ޕެޓްރޯލް އަޅަންގޮސް:-ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ވަނީ ބޮޑު ކޮށްފަ
އެސްޓީއޯގެ ޕެޓްރޯލް ޝެޑެއްކައިރި މީހުން ޕެޓްރޯލް އަޅަންގޮސް:-ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ވަނީ ބޮޑު ކޮށްފަ
މުހައްމަދު ޝަރުހާން
އެސްޓީއޯ
އެސްޓިއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި
މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 9.61ރ. އަށް
މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.87 ރ. އަށް
އެންމެ ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ މަހު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުންދާ ޕެޓްރޯލާއި ޑީސަލުގެ އަގު އަނެއްކާ ބޮޑު ކޮށްފި އެވެ. އެ ކުންފުނިން މިދިޔަ މަހުގެ ދެ ވަނަ ދުވަހު ވެސް ތެލުގެ އަގު ބޮޑު ކުރި އެވެ.

އެސްޓިއޯއިން ބުނި ގޮތުގައި އާދިއްތަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ލިބޭނީ 9.61ރ. އަށެވެ. އެއީ އެންމެ ފަހުން ޑީސަލް ލީޓަރު ވިއްކި އަގަށް ވުރެ 44 ލާރި ބޮޑު އަދަދެކެވެ. އަދި މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.87 ރ. އަށެވެ. އެހެން ކަމުން 35 ލާރި އެވަނީ ބޮޑުކޮށްފަ އެވެ.

އެސްޓީއޯއިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށެވެ.

މިދިޔަ މަހު ތެލުގެ އަގަށް ގެނައި ބަދަލުގައި ޕެޓްރޯލް ލީޓަރަކުން 57 ލާރި އަދި ޑީސަލް ލީޓަރަކުން 53 ލާރި ވަނީ ބޮޑުކޮށްފަ އެވެ. އަދި އާދިއްތަ ދުވަހާ ހަމައަށް ޑީސަލް ލީޓަރެއް ވިއްކީ 9.17ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 9.52ރ. އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް